ރައްޔިތުން ކަންބޮޑުވަނީ ދެފުށް ފެންނަގޮތަށް ފައިސާގެ މުއާމަލާތްތައް ކުރެވިފައި ނެތުމުން: އަމީރު

ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދެން ދިމާވާ އެންމެ ބޮޑު ސަބަބަކީ، ސަރުކާރުގެ ފައިސާގެ މުއާމަލާތްތަކާއި ލޯނު އެގްރިމެނަޓްތަައް ހެދުމުގައި ރައްޔިތުންނަށް ދެފުށްފެންނާނެހެން ކަންކަން ކުރެވިފައި ނެތުންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ މިދިޔަ ފަސްވަރަކަށް އަހަރު ސަރުކާރުގެ ފައިސާގެ މުއާމަލާތްތައް ކުރެވިފައިހުރީ ވަރަށް ސިއްރުގޮތެއްގައި ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ހިތްތަކުގައި ވަރަށްބޮޑު ކަންބޮޑުވުންތައް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދެފުށް ފެންނާނެހެން ސަރުކާރުގެ ފައިސާގެ މުއާމަލާތަށް ކުރިޔަށް ގެންދެވުން ކަމަށާއި،
އެގޮތުން ކޮންމެ ހަފްތާއަކު އެއްފަހަރު ފައިސާއާބެހޭ މައުލޫމާތު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއު ކުރައްވާނެ ނެކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ އަމީރު މިއަދު ވަނީ މިހާތަނަށް މިސަރުކާރުން ކޮށްފައިވާ ރައްޔިތުންނާ ގުޅުންހުރި ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ.
އެގޮތުން ބޭރުގެ ފަރާތްތަކަށް ސަރުކާރުން ދައްކަންޖެހޭ ޖުމްލަ އަދަދަކީ 2.4 ބިލިޔަން ރުފިޔާ ކަމަށާއި، އެހެނިހެން ފަރާތްތަކުން ސަރުކާރަށް ލިބެންޖެހޭ 1.3 ބިލިޔަން ރުފިޔާ ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުންފުނިތަކަކީ ފައިދާލިބޭ ކުންފުނިތަކަށް ހައްދަވަން މަސައްކަތް ކުރައްވާނެ ކަމަށާއި، އެގޮތުން މިފްކޯއިން ކުރިޔަށް އޮތް ދުވަސްތަކުގައި މަސްވެރިންނަށް ވަގުތުން ފައިސާ ދެވޭވަރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި މިހާރުވެސް މަސްވެރިންގެ ބިލްތަކަށް ފައިސާ ދެއްކުމަށް 30 މިލިޔަން ރުފިޔާ މިފްކޯއަށް ދެވިފައިވާނެ ކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ