ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު މަދުވާން ފަށައިފި

އަރިދަފުސް ރޯގާ ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު މަދުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސަރަހައްދެއް ހިމެނޭ ގޮތަށް އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ އަންގާރަ ދުވަހު 2334 މީހެއް ފަރުވާ ހޯދާފައިވާ އިރު އޭގެ އަނެއް ދުވަހު އެ ބައްޔަށް ފަރުވާ ހޯދި މީހުންގެ އަދަދު ވަނީ 1890 އަށް މަދުވެފައެވެ. އަދި ބުރާސްފަތި ދުވަހު ރޯގާއަށް ފަރުވާ ހޯދި މީހުންގެ އަދަދު 2540 އަކަށް އިތުރުވި ނަމަވެސް އިއްޔެ އެ އަދަދު ވަނީ 1543 އަށް މަދުވެފައެވެ.
މިދިޔަ ހަތަރު ދުވަސް ތެރޭގައި އަތޮޅުތަކު ތެރެއިން އެންމެ ގިނައިން ރޯގާއަށް ފަރުވާ ހޯދާފައި ރ. އަތޮޅުންނެވެ. އެ އަތޮޅުން ރޯގާ ޖެހިގެން ފަރުވާ ހޯދާފައި ވަނީ 433 މީހުންނެވެ. އަދި އެ މުއްދަތު ތެރޭގައި އެންމެ މަދުން ފަރުވާ ހޯދާފައި ވަނީ ވ. އަތޮޅުންނެވެ. އެއީ 21 މިހުންނެވެ.
ސްވައިން ފްލޫ ވައިރަސް ރާއްޖޭގައި ބާރަށް ފެތުރެމުން ދާއިރު މިހާތަނަށް އެ ފްލޫއަށް ޓެސްޓުކޮށްފައި ވަނީ 350 މީހުންނެވެ. އަދި މިހާތަނަށް 114 މީހުން ވަނީ އެ ބައްޔަށް ޕޮސިޓިވް ވެފައެވެ. ސްވައިން ފްލޫ ޖެހިގެން ދެ މީހަކު މަރުވެފައިވާ އިރު ހަ މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ