ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ މެޓް އޮފީހުން މޫސުމީ އިންޒާރުދީފިއެވެ.
މޫސުމީ އިންޒާރެއްގެ ގޮތުން މެޓް އޮފީހުން ވައިޓް އެލާޓް ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށެވެ.
މެޓުން ބުނީ މިއަދުގެ މެންދުރު 12 އިން ފެށިގެން ހަވީރު 5 ޖެހުމާ ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމުގެ އިތުރުން ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް މެޓުން ލަފާކުރެއެވެ.
ވިލާގަނޑުގައި ކަނޑުތައް ގަދަވާނެތީ، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.
އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ