18 އަހަރު ނުވާ 2 ކުދިން ބަލިވެއިން މައްސަލައެއް!

އުމުރުން 18 އަހަރު ނުވާ 2 ކުދިން ބަލިވެއިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ސެންޓްރަލް ޕޮލިސް ޑިވިޒަން (ދ، ފ، މ) ހިމެނޭ ރަށެއްގައި 18 އަހަރު ނުފުރޭ ދެ ކުއްޖަކު ބަލިވެ އިން މަައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އެއް މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކަމަށާއި އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި ދެވަނަ މައްސަލަ ހުށަހަޅަފައި ވަނީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ކަމަށާއި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 18 ވަނަ ދުވަހު އުމުރުން 22 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ.
އެ ދެ މައްސަލަ ތަހުގީގު ކުރަމުން ދާއިރު، މީގެ ކުރިންވެސް ވަނީ 18 އަހަރުން ދަށުގެ ކުދިން ބަލިވެ އިންނަ މައްސަލަތައް ފެންމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ