މެމްބަރު ހާމިދާއި ޖާބިރު ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ހިލާފަށް: ކައުންސިލަރ ޖެނެރަލް

21:43 ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދޮށަށް ގެންދެވުނު އެއްވެސް މީހަކަށް އަނިޔާކޮށްފައި ނުވާނެކަމަށް
21:30 ރަލުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ އިބްރާހިމް ހުސައިން ޒަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި. ޒަކީ އަށާއި ބަންދުކުރި އެހެން މީހުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމަށް އިމްތިޔާޒް ކޮމެޓީގެ މެމްބަރުންވަނީ މިރޭ ވިދާޅުވެފަ
21:29 މިރޭ 11:00 ގައި އަލުން ފެށުން އިމްތިޔާޒް ކޮމެޓީގެ ބައްދަލުވުން މެދުކަނޑާލައިފި.
21:26 ހައްޔަރުކޮށްފައިވާ ދެ މެމްބަރުން ދޫކޮށްލާ ކޮމެޓީގެ މެމްބަރު ޖާބިރަށް ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވެންދެން މެދުކަނޑާނުލާ އިމްތިޔާޒް ކޮމެޓީ ކުރިއަށް ގެންދިއުމަށް ކޮމެޓީގެ އަގްލަބިއްޔަތުން ދެންމެ ފާސްކޮށްފި
21:21 ޖާބިރާއި ހާމިދަށް ފުލުހުން ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމަށް އިމްތިޔާޒް ކޮމެޓީގެ މެންބަރުން ތުހުމަތުކުރައްވާ. ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޖާބިރު ހާޒިރުވެ ވަޑައި ގެންނެވެންދެން ކޮމެޓީ ކުރިއަށް ގެންދިއުމަށް ބައެއް މެމްބަރުން ހުށައެޅުއްވި
21:20 ޖާބިރާއި ހާމިދު ވަގުތުން ވަގުތަށް ދޫކޮށްލުމަށް ފުލުހުންނަށް އެންގުމަށް މަޖިލީހުގެ ރައީސްއަށް ދެންނެވުމަށް އިމްތިޔާޒް ކޮމެޓީން ނިންމައިފި
21:19 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ދަށުން އެކުލަވާލައި، އަމަލުކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 202 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމުގެ މައްސަލައެއް ނުވަތަ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި، މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މިނިވަން މުސްތަޤިއްލު މަޤާމު ތަކުގައި ތިބޭ މީހުން މަޤާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅިފައިވާ ވަގުތެއްގައި އެ މައްސަލައާއި މެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން މެންބަރަކު ހައްޔަރެއް ނުކުރެވޭނެ ކަމަށް ކައުންސިލަރ ޖެނެރަލް ކޮމެޓީގައި ވިދާޅުވި
21:08 ޖާބުރުގެ އަނބިކަނބަލުން އަދި ހިއުމަން ރައިޓްސް މިނިސްޓަރ ފާތިމަތު ދިޔާނާ ސައީދުވެސް ކޮމެޓީ އަޑު އެއްސެވުމަށް ވަޑައިގެން އެބައިންނެވެ.
ރާ ބުއިމުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުންކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޤަފޫރާއި ޖާބިރު ހައްޔަރުކޮށްފައިވަނީ ޤާނޫނާއި ހިލާފަށްކަމަށް މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.
ކައުންސިލަރ ޖެނެރަލް ފާތިމަތު ފިއުޒާ މިހެން ވިދާޅުވީ ޖާބިރާއި ޖާމިދު ހައްޔަރުކުރި މައްސަލާގައި މިހާރު ހިނގަމުންދާ މަޖިލީހުގެ އިމްތިޔާޒް ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ