ޕްރައިމަރީ ބާތިލު ކުރަން އުމަރު ކޯޓަށް ހިނގައްޖެ

ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބާތިލްކުރުމަށް އޭނާގެ ނަމުގައި މިއަދު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
އުމަރު މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިއަދު މެންދުރު 12 ޖަހާ އެހާއިރުއެވެ. އުމަރު މައްސަލަ ކޯޓަށް ވެއްދި ނަމަވެސް ކޯޓުން އެމައްސަލަ ބަލައިގެން ކަމެއް އަދި އެގިފައެއް ނުވެއެވެ.
އުމަރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މިއަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހު ބޭއްވުނު ޕީޕީއެމްގެ ޕްރައިމަރީގައި ގާނޫނާއި ހިލާފަށް ޕާޓީގެ ދަފްދަރުގައި 8915 މީހުންގެ ނަން ހިމަނާ އެމީހުންނަށް ޕްރައިމަރީގައި ވޯޓް ލުމުގެ ހައްޤު ދީފައިވާތީ ޕީޕީއެމްގެ އާންމު އެތައް މެންބަރެއްގެ ހައްޤު ގެއްލިގެން ގޮސްފައިވާތީ ޕްރައިމަރީ ބާތިލްކޮށްދިނުމަށް އެދޭ ކަމަށެވެ.
އުމަރު މިއަދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައަކީ މީގެ ކުރިންވެސް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. ރަހްމާ މޫސާ ކިޔާ އުމަރުގެ ސަޕޯޓަރަކު ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކުރީ ޕްރައިމަރީގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އެއްވެސް ހައްޤެއް ރަހްމާ އަށް ލިބިގެން ނުވާ ކަމަށް ކަނޑައެޅުމަށްފަހު އެވެ.
ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ޕީޕީއެމްގެ ޕްރައިމަރީގައި ރަހްމާއަށް ހުރިހާ ހައްޤެއްވެސް ލިބިފައިވާ ކަމަށެވެ.
ފުލުހުންގެ ރިޒާވް ފޯސް އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ފުލުހުންގެ ގާނޫނުން ލިބޭ އިހުތިޔާރުގެ ދަށުން އުފައްދާ ފުލުހުންގެ ރިޒާވް ފޯސް ނުވަތަ ސްޕެޝަލް ކޮންސްޓެބްލަރީ އަށް ކުރިމަތިލުމުގެ ފުރުޞަތަށް ޢާންމުކޮށް މިއަދު ހުޅުވާލީ އެ ފޯސް އުފެއްދުމުގެ ހުއްދަ ރައީސުލް ޖުމްހޫރިއްޔާ ދެއްވުމުންނެވެ.
ސްޕެޝަލް ކޮންސްޓެބްލަރީ އާގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަނެއް އަންނަ ބުދަ ދުވަހު ހެނދުނު 8:30 ގައި އިސްކަންދަރު ކޮށީގައި ބާއްވަން ވަނީ ހަމަޖައްސާފަ އެވެ. ރިޒާވް ފޯސް އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރު 4:00 ޖެހުމާ ހަމައަށެވެ.
ސްޕެޝަލް ކޮންސްޓެބްލަރީގެ ފުލުހަކަށް ވެވެނީ ގްރޭޑް 10 ނިންމާފައިވާ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ އިސްކޮޅުން ފަސް ފޫޓު ތިން އިންޗިއަށްވުރެ ކުރުނޫން ދިވެހި ފިރިހެނުންނަށާއި އިސްކޮޅުން ފަސް ފޫޓަށްވުރެ ކުރުނޫން ދިވެހި އަންހެނުންނަށެވެ.
ކޮމިޝަނާ އަބްދުﷲ ރިޔާޒު މިދިޔަ ހަފުތާގައި ވިދާޅުވީ ފުލުހުންގެ ރިޒާވް ފޯސްއަށް ރެކްރޫޓްކުރާ މީހުންނަށް ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރަންޖެހޭނެ ކަމަށާއި އެ ތަމްރީނު ކޯހުން ފާސްވާ ހުރިހާ ފަރާތްތަކަށް ޕޮލިސް ބޭސިކް ތަމްރީނު ކޯސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް ލިބުމާއެކު ފުލުހުންގެ ހުވާ ކުރަންޖެހޭނެ ކަމަށެވެ.
ރިޒާވް ފޯސް މަސައްކަތްކުރާނީ ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން އެފަރާތަކާ ހަވާލުކުރެވޭ މަސައްކަތްތަކެވެ. އަދި ރިޒާވް ފޯސް އުފެދިގެން ދިއުމަށްފަހު ފުލުހުންގެ ތެރެއިން ހުސްވާ މަޤާމުތަކަށް މީހުން އިތުރުކުރަން ބޭނުންވާ ހާލަތްތަކުގައި ފެންވަރު ބެލުމަށްފަހު ފުލުހުންގެ ޚިދުމަތާ ދާއިމީކޮށް ގުޅުމުގެ ފުރުޞަތު ވެސް އެ ފަރާތްތަކަށް ދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ