ދިރާގުން ފުޓުބޯޅަ މޫސުމާ ދިމާކޮށް ތައާރަފްކޮށްފައިވާ ކަސްޓަމަރުންގެ މެދުގައި މަގުބޫލު 'ޖެހީ ލިބުނީ'ން ލިބޭ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު 'ޕެނަލްޓީ ޝޯޑައުން' ގޭމް މެދުވެރިކޮށް އިތުރުކޮށްލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ތަފްސީލް - މި ގޭމްގެ އެހީގައި ލީޑަބޯޑުގެ އެންމެ ކުރިޔަށް އެރުމަށް އިތުރު ޕޮއިންޓްތައް ހޯދޭނެ އެވެ.
'ޖެހީ ލިބުނީ'ގައި ބައިވެރިވުމަށް، ދިރާގުއެޕްގައިވާ 'ޖެހީ ލިބުނީ' ބެނާއަށް ފިއްތާލުމަށް ފަހު، ސަޕޯޓުކުރާ ޓީމެއް އިހުތިޔާރުކޮށްގެން ފަސޭހަކަމާ އެކު ބައިވެރިވެވޭނެ އެވެ. އެއަށް ފަހު އިހުތިޔާރުކޮށްފައިވާ ޓީމުން ޖަހާ ކޮންމެ ލަނޑަކާ އެކު 1ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ އެވެ.
މި ލަނޑުތަކާ އެކު ހިލޭ ޑޭޓާގެ އިތުރުން ލިބޭ ޕޮއިންޓްގެ އެހީގައި މި ޕްރޮމޯޝަންގެ ނިމިގެންދާއިރު ލީޑަބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތަށް:
ޕީއެސް5 ސްލިމް 1ޓީބީ
އީއޭ އެފްސީ 26 ބަންޑްލްއެއް
ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165 ހާޒް ކިއުއެޗުޑީ ކާވްޑް މޮނިޓަރެއް
'ޖެހީ ލިބުނީ'ގައިވާ 'ޕެނަލްޓީ ޝޯޑައުން' ގޭމް ކުޅެގެން ލީޑަބޯޑުގެ އެއްވަނަ ހޯދުމަށްޓަކައި ޕޮއިންޓް އިތުރުކުރެވޭނެ
'ޖެހީ ލިބުނީ'އަކީ ދިރާގުން މިހާރު ކުރިއަށްގެންދާ 'ފޯރިން ގުގުމާލާ' ކެމްޕެއިންގެ ތެރެއިން ހިންގާ ފޯރިގަދަ ޕްރޮމޯޝަނެކެވެ.
'ފޯރިން ގުގުމާލާ' ކެމްޕެއިނަށް ނަން ދީފައިވަނީ ފުޓުބޯޅަ ބަލަމުން އަންނައިރު ސަޕޯޓު ކުރާ ޓީމުން ލަނޑެއް ޖަހާނެ ވަގުތަކަށް ކެތްމަދުވެފައި ވަނިކޮށް އެ ޓީމުން ލަނޑެއް ޖެހުމުން އެ ކުރެވޭ ފޮނި އިހުސާސާއި ފޯރީގައި އެންމެން އެއް އަޑަކުން ގުގުމާލާއިރު އެ ކުރެވޭ އުފާވެރި ތަޖުރިބާގެ މައްޗަށެވެ.
ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ މިފަދަ ހާއްސަ މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު ޑިޖިޓަލް ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ.
ދިރާގުގެ އުންމީދަކީ މި ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް، އެއް ގައުމެއްގައި އެއް ނެޓްވޯކެއް މެދުވެރިކޮށް ތަޖުރިބާކުރަމުން އަންނަ ވަގުތު ކަސްޓަމަރުންނަށް މި ކަމުގެ ފޯރި އާއި އުފާވެރިކަން އިތުރުވެގެން ދިއުމެވެ.
ދިރާގު 'ޖެހީ ލިބުނީ': އިނާމުތަކުގެ ފުރުސަތު އިތުރުކޮށްލެވިދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ