ކުލިވެރީންނަށް ބޭނުންވާ ލިޔުންތައް ދޫކޮށްފައިވާނެކަމަށް ވިދާޅުވެ ހަމްދާން ހެއްދެވީ އިތުރުފުޅު: ޒާޔާ
އެފްޑީސީގެ ފްލެޓްތަކުގެ ކުލީވެރިންނަށް ބޭނުންވާ ލިޔުންތައް ދޫކޮށްފައިވާނެ ކަމަށް ވިދާޅުވެ އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ހެއްދެވީ އިތުރުފުޅެއްކަމަށް ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވެއްޖެއެވެ. ފަހިދިރިއުޅުން ފުލެޓްތަކަށް އެތައް ބަޔަކު ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅާފައިވީ ނަމަވެސް ރަޖިސްޓްރީގެ ކަންތައްތައް ލަސްވަނީ ސިޓީ ކައުންސިލުން ދޭންވާ އެއްބާރުލުން ނުދޭތީ ކަމަށް އެފްޑީސީން ބުނެއެވެ. އެގޮތުން ހަމްދާން ވަނީ މާލެ އާއި ހުޅުމާލޭގެ ހުރިހާ ތަނެއްގައިވެސް ރަށްވެހިކަން ޖެއްސުމަށް ބޭނުންވަނީ އިމާރާތުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ކަމަށާއި އެފްޑީސީގެ ފްލެޓްތަކުގެ ކުލީވެރިންނަށް ބޭނުންވާ އެފަދަ ލިޔުންތައް މިހާރު ދޫކޮށްފައިވާނެ ކަމަށް ވިދާޅުވެފައެވެ. 'އެސްއެސް ޓީވީ'ގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރޭ ޒާޔާ ވިދާޅުވީ އިމާރާތުގެ ވެރިފަރާތުގެ ލިޔުމާއި އެ ލިޔުން ވެރިފައިކުރެވޭނެ ކިއުއާރް ކޯޑުގެ ނިޒާމެއް މިހާރު ތާރަފްކުރެވިފައިވާ ކަމަށް ހަމްދާން ވިދާޅުވެފައިވީ ނަމަވެސް އެއިން އެއްވެސް ކަމަކީ އެފްޑީސީއިން ސިޓީ ކައުންސިލަށް ރަސްމީކޮށް އެއްވެސް ހައިސިއްޔަތަކުން އަންގާފައިވާ ކަމެއް ނޫންކަމަށެވެ. އަދި އެފަދަ ކަމެއްގެ ސިޓީއެއްވެސް ނުލިބޭ ކަމަށެވެ. އޭނާ ވަނީ ސިޓީ ކައުންސިލަކީ ސަރުކާރުގެ އިދާރާއެއް ކަމަށާއި ކައުންސިލްގެ މަސައްކަތްތައް ކުރާނިީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލުން ކަންތައްތައް ކުރާނީ ރައްޔިތުންނަށް ކަންތައްތައް އެންމެ ފަހިވާނެ ގޮތަށް ކަމަށާއި ލާބައާއި މަންފާވާނެ ގޮތަށް ކަމަށެވެ. ހަގީގަތަކީ މިއަދުގެ ސަރުކާރުން އެމްޑީޕީގެ މެޖޯރެޓީ ސިޓީ ކައުންސިލްގަ އޮތީމާ، ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެން ފޯރުކޮށްދީފާނެތީވެ، އަޅުގަނޑުމެންނަށް ކުރާ ޖެއްސުމެއް މީ. އަދި އެމްޑީޕީގެ ސަރުކާރުގަ ދޫކޮށްފައިވާ ފްލެޓްތަކަކަށްވާތީވެ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ހަމަ ކުރަމުންގެންދާ ޖެއްސުން މިއީ. ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ޒާޔާ ވަނީ ސަރުކާރަށާއި އެޕްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން، ކަމާބެހޭ ފަރާތްތަކަށް ވެސް ފަހިދިރުއުޅުން ފްލެޓްތަކުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ސިޓީ ކައުންސިލުން ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި ވީހާ ވެސް އަވަސްކޮށްދިނުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ