މިދިއަ ހުކުރު ވިލޭރޭ މާލެއަށް ކުރި ވިއްސާރައިގަ އަރަބިއްޔާގެ އިތުރުން މާލޭގެ ބައެއް ގޭގެއަށާއި އިލެކްޓްރިކް ސާމާނަށް ގެއްލުންތައްވި ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފި އެވެ.
ވީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ޑިޒާސްޓާ މނޭޖްމަންޓްގެ ޕްރޮޖެކްޓް ޑިރެކްޓަރު އިޝާން ހަސަން ވިދާޅުވީ ހުކުރުވިލޭރޭ މާލެއަށް ކުރި ވިއްސާރައިގައި މާލޭގެ މަގުތަކުގައި އާދަޔާ ހިލާފަށް ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަދެ އިލެކްޓްރިކް ސާމާނަށް ގެއްލުންވެފައިވި ކަމަށާއި ނަމަވެސް އަރަބިއްޔާ ސްކޫލަށް ފިޔަވައި އެއްވެސް ތަނަކަށް ވެސް އަދި ގެއަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިނުވާ ކަމަށެވެ.
"ބައެއް ގޭގެއަށް ފެންވަދެ ކަރަންޓް ސޮކެޓްތަކަށް ފެންވަނުމުގެ ސަބަބުން އެ ގޭގެއިން ކަރަންޓް ކެނޑި ބައެއް އިލެކްޓްރިކް ސާމާނުތަކަށް ގެއްލުންވި ކަމަށް ހުށަހަޅާފައިވޭ،" އިޝާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެރޭ ކުރި ބޯ ވިއްސާރައިގަ އަރަބިއްޔާ ސްކޫލްގެ ބައެއް ތަންތަނަށް ލިބުނު ގެއްލުންތަކުގެ ތަފުސީލު އެ ސެންޓާރާއި ހުށަހަޅަން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށެވެ.
ހުކުރުވިލޭރޭ މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން އަރަބިއްޔާގެ ޓީޗަރުން ބޭނުންކުރާ ސުޓާފް ރޫމަށާއި، ފާހަނާތަކުގެ އިތުރުން ސައި ކޮޓަރިއަށް ފެންވަދެ ގިނަ އަދަދެއްގެ ކޮމްޕިއުޓަރާއި އެހެނިހެން ބައެއް ސާމާނު ވަނީ އެއްކޮށް ހަލާކުވެފަ އެވެ. މީގެ އިތުރުން ސުކޫލްގެ ޓެރަހުގައި ފެންބޮޑުވެ އެންމެ މަތީ ފްލޯތަކުގެ ބައެއް ތަންތަނުގެ ސީލިންގްވެސް ވަނީ ވެއްޓިފަ އެވެ.
އެ ރޭ ދަންވަރުން ގާތްގަނޑަކަށް 1:00 ޖަހާއެހާކަންހާއިރުން ފެށިގެން މެދުނުކެނޑި ތިން ގަޑިއިރަށްވުރެއް ގިނައިރު ވަންދެން މާލެއަށް ކުރި ވިއްސާރައިގަ 140 މިލިލީޓަރުގެ ވާރޭ ވެހުނެވެ ވެއެވެ.
ވިއްސާރައިގައި އަރަބިއްޔާގެ އިތުރުން ބައެއް ގޭގެއާއި ކަރަންޓް ސާމާނަށް ގެއްލުންވި: ޑިޒާސްޓާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ