ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު ބަނޑިދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ނިކުމެ އެކަމަނާއަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
މީދޫ އިންވެސް އެކަމަނާއަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންވަފާއެވެ. އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު، އެކަމަނާ ވަޑައިގަތީ ބަނޑިދޫއަށެވެ. ބަނޑިދޫއަސް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެކަމަނާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެ ރަށުގެ އިސްރަށްވެހިންނާއި ޒުވާނުންނާއި ވެސް ވަކިން ވަނީ ބައްދަލުކުރައްވާފައެވެ. އެކަމަނާގެ މި ދަތުރުފުޅުގައި ދ. ރިނބުދޫ، ހުޅުދެލި، މާއެނބޫދޫ އަދި ކުޑަހުވަދޫއަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މެޑަމް ފާތުން ދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އަދި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ ބައިވެރިވެވަޑައިގަންނަވައެވެ.
މެޑަމް ފާތިމަތު އިބްރާހީމް އަންނަނީ އެންމެ ގާތުން ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކުރައްވާ، ރަށްރަށުގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ޒުވާނުންނާއި، ކަނބަލުން އަދި އިސްރަށްވެހިންނާއިވެސް ބައްދަލުކުރައްވަމުންނެވެ.
އެމަނާއަކީ މުޖުތަޢުގައި ފުރަތަމަ ޚާއްސަ އެހީއަށް ބޭނުންވެފައިތިބި ފަރާތްތަކަށް އަޅާލައި އޯގާތެރިކަމުގެ އަތެއް ދިއްކުރެއްވި ފަރާތް ކަަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ރައީސް ޔާމިންގެ ކެންޕެއިނަށް އެކަމަނާ އިސްވެ ހުންނަވައިގެންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ހަރަކާތްތައް ހިންގަވަމުންނެވެ. އެގޮތުން އިއްޔެ އެކަމަނާ ވަނީ މާލެ އަތޮޅުގެ ބައެއް ރަށްތަކަށްވެސް ދަތުރުފުޅުކުރައްވާފައެވެ.
ބަނޑިދޫ ރައްޔިތުން މެޑަމް ފާތުންނަށް ހޫނު މަރުޙަބާއެއް ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ