މިއަދު ހަވީރު ބްރިޖު ބަންދު ކުރަނީ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ މިއަދު ހުޅުވާތީ ސިނަމާލެ ބްރިޖު މިއަދު ހަވީރު ވަކިވަގުތެއްގައި ބަންދޫކުރާ ގޮތަށް ފުލުހުން ނިންމަވައިފިއެވެ.
ފުލުހުން ނެރެފައިވާ ޓްރެފިކް އެލާޓްގައި ބުނެފައިވަނީ ބްރިޖު ބަންދުކުރާނީ ހަވީރު 3:15 އިން 4:15 އަށް އަދި 5:30 އިން 6:30 އަށް ކަމަށެވެ.
ރަންވޭ ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ރަންވޭއަށް ޖައްސާނީ އޭ380 ގެ ބޯޓެވެ. ރަންވޭއަށް ޖެއްސުމަށް ހަމަޖެހިފައިވަނީ އިއްތިހާދުގެ އެއާވޭސްގެ ބޯޓެކެވެ. ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ސިފައިން ވައިކުޑައިގައި ރަންވޭއަށް ފޭބުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރަށް ކަނޑަށް ޖައްސާ ބޯޓުގެ ހަރަކާތްތަކެއް ވެސް ދެއްކުން އޮންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ