އިންޓަ ސްކޫލް ކްރިކެޓް ލީގުގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލް ހޯދައިފި

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 5 ވަނަ މައިލޯ އިންޓަރ ސްކޫލް ކްރިކެޓް ލީގުގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލް ހޯދައިފި އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ 16 އަހަރުން ދަށުގެ މި މުބާރާތުގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލް ހޯދީ މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު ފައިނަލް މެޗުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަތުން 7 ވިކެޓުން މޮޅުވެގެން ނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތާޖުއްދީން ސްކޫލުގެ އަލީ ރާފިލް ރައޫފް އެވެ.
މި މުބާރާތުގައި މިފަހަރު ޖުމްލަ 7 ސްކޫލަކުން ވާދަކުރި އެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނުނީ ތާޖުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ އިތުރުން ޖަމާލުއްދީން ސްކޫލް އެވެ. އދި ގްރޫޕް ބީގައި ހިމެނުނީ އިސްކަންދަރު ސްކޫލާއި އަހުމަދިއްޔާ އިންޓަނޭޝަލް ސްކޫލުގެ އިތުރުން މުހުޔިއްދީން ސްކޫލްއެވެ.
މި މުބާރާތުގެ ކުޅުން ކުރިއަށްދިޔައީ ކުޅިވަރު އެކުވެނި އެއްނަންބަރ ދަނޑުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ