މޫސުން ގޯސްވާނެ ލަފާކޮށް ބައެއް ހިސާބުތަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ ބައެއް ހިސާބުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ.އަތޮޅާއި ޅ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް މިއަދު ހެނދުނު 07:30 އިން މެންދުރު ފަހު 13:30 އަށެވެ.  މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 03 މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި ކަމަށް ލަފާކުރެވެއެވެ.  އަދި ދެކުނުގައި ކަނޑުތައް މަޑުވާނެ ކަމަށާއި، އެހެންހިސާބުގައި އާދައިގެވަރަކަށް ގަދަވެފައި ކެރިގަނޑުގައި ގަދަަވާނެ ކަމަށްވެސް މެޓް އޮފީހުން ހާމަ ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ