ރާއްޖޭގެ ފުރަތަމަ ސުޕަ އެޕް, ”އީޒެޕް“ އައިފޯން ގިވް އަވޭ އަކާ އެކު ލޯންޗުކޮށްފި

ގިނަ އަދަދެއްގެ ޚިދުމަތްތަކެއް ހިމެނޭ ސުޕާ-އެޕްލިކޭޝަނެއް ކަމަށްވާ "އީޒެޕް" އައިފޯން ގިވް އަވޭ އަކާ އެކު މިއަދު ލޯންޗުކޮށްފިއެވެ. މިއީ މިފަދަ "ސުޕަ އެޕެއް" ރާއްޖޭގައި އުފެއްދި ފުރަތަމަ ފަހަރެވެ.
މި އެޕު ތަރައްގީކޮށްފައިވަނީ ރާއްޖޭގައި އޮންލައިންކޮށް މިހާރު ދެވޭ ގިނަ ޚިދުމަތްތައް އެއްތަނަކުން ދެވޭ ގޮތަށެވެ. 
އެގޮތުން، މިހާރު އެ އެޕުން، މާލޭގެ މަޝްހޫރު ބައެއް ރެސްޓޯރެންޓުތަކުގެ ޚިދުމަތް ލިބޭނެއެވެ. އެގޮތުން ސަބްމޯ، ބިގްމޭން، ޝަވަރުމާޝީ، ބޮލީވޫޑްގެ ޚާއްސަ މެނޫތަކުން ކާއެއްޗެހި އެ އެޕުން މިހާރު އޯޑަރުކޮށްލެވޭނެއެވެ. މީގެ އިތުރުން ވެސް މަގުބޫލު ގިނަ ރެސްޓޯރެންޓުތަކެއް ވަރަށް އަވަހަށް އެޕަށް އިތުރުވާނެ ކަމަށް އީޒެޕުން މައުލޫމާތު ދެއެވެ. 
އަދި،  ޓެކްސީގެ ޚިދުމަތް އަދި ގްރޯސަރީ ޑެލިވަރީގެ ޚިދުމަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށާ ޓެކްސީ އަދި ޕަބްލިކް ޑްރައިވަރުންގެ ގޮތުގައި ޕްލެޓްފޯމަށް ރެޖިސްޓާވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އީޒެޕުން ބުންޏެވެ.
އިޒެޕުން އިތުރަށް ބުނީ، ޓެކްސީ އަދި ޑެލިވަރީ ޑްރައިވަރުންގެ ގޮތުގައި ޕްލެޓްފޯމުގައި އެއްވެސް ފީއަކާ ނުލައި ރެޖިސްޓްރީވުމުގެ ފުރުސަތު ލައިސަންސް އޮތް ކޮންމެ މީހަކަށް އޮތް ކަމަށާ، މިއަދުން ފެށިގެން އެއް މަސްދުވަހަށް އެއްވެސް ފައިސާއެއް ނުދައްކާ، ޑްރައިވަރުންނަށް އެޕް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. 
އީޒެޕްގެ ސީއީއޯ މައުރޫފް އަބްދުލްހަކީމް
އީޒެޕް ފާހަގަކޮށްލެވޭ އެންމެ މައިގަނޑު އެއް ސަބަބަކީ ޕަބްލިކް ޑެލިވަރީ ޑްރައިވަރޒްގެ  ގޮތުގައި ސައިނަޕް ވެގެން
ކޮންމެ ފަރާތަކައްވެސް އާމްދަނީ ހޯދުމުގެ ފުރުސަތު ދިވެހި ރާއްޖެއަށް ތަޢާރަފްކޮށްފައި ވާތީއެވެ.
މީގެ އިތުރުން، ކުދި ވިޔަފާރިތަކަށާއި، ފްރީލާންސަރުންނަށް ޚާއްސަކޮށްގެން އޮން-ޑިމާންޑް ކެޓަގަރީއެއް ވެސް ވަނީ ހިމަނާފައެވެ. ޚިދުމަތްތަކަށް އާންމުންގެ ޚިޔާލާއި، ވިޔަފާރިތަކުގެ ތަރުހީބަށް ބަލައިގެން ތައާރަފުކުރަމުން ދާނެއެވެ.
އެޕުގައި ހުންނަ ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް ފަހިޕޭ މެދުވެރިކޮށް އެޕުގައި ގާއިމުކޮށްފައިވާ ވޮލެޓު ރީލޯޑުކުރެވޭނެއެވެ. ނަގުދު ފައިސާއާއި، ޓްރާންސްފާ މެދުވެރިކޮށް ވެސް ޑްރައިވަރަށް ފައިސާ ދެއްކޭނެއެވެ. 
އަދި ވަރަށް އަވަހަށް ކާޑުންވެސް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
ވިިޔަފާރިތަކަށާއި، ޑްރައިވަރުންނަށް ލިބޭ އާމްދަނީ އެޕްގެ ވޮލެޓުން ސީދާ ބޭންކު އެކައުންޓަށް ޖަމާކުރެވޭނެއެވެ.
"އީޒެޕް"ގެ ސީއީއޯ އަހްމަދު މައުރޫފް އަބްދުލްހަކީމް ބުނީ މި އެޕުން ރާއްޖޭގެ ގިނަ ބަޔަކަށް އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"އަޅުގަޑުމެންގެ އުންމީދަކީ މި އެޕްގެ ޒަރީއާއިން ރާއްޖޭގެ ކުުދި އަދި މެދު ފަންތީގެ ވިޔަފާރިިތަކަށް އަދި ފްރީލޭންސާސް އަށް އީކޮމާސް ޕްލެޓްފޯމެއް ފޯރުކޮށްދީ، އެ ވިޔަފާރިތައް ކުރިއެރުވުން. ހަމަ އެއާއެކު ދިވެހި ކޮންމެ ރައްޔިތަކަށް އާމްދަނީ ހޯދާނެ ފުރުސަތު ފަހިކޮށްދިނުން،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެޕް ތަރައްގީކޮށްފައިވަނީ ވަރަށް ގިނަ ޚިދުމަތްތައް އެޕް މެދުވެރިކޮށް ދެވޭ ގޮތަށް ކަމަށެވެ. އާންމުންނާއި ވިޔަފާރިވެރިންގެ ޚިޔާލާއި، ތަރުހީބަށް ބަލާ ކުރިއަށް އޮތް ތަނުގައި އިތުރު ޚިދުމަތްތައް ތައާރަފުކުރާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.
"މިވަގުތު އެޕް މި ފަށައިގަންނަނީ ފުޑް ޑެލިވަރީއާ އެކު، ދެން މާގިނަ ދުވަހެއް ނުވެ އަންނާނެ، ގްރޯސަރީ ޑެލިވަރީ ވެސް. މިގޮތަށް ހަމަ އިތުރު ބައިތައް އަންނަމުން ދާނެ،" މައުރޫފް ބުންޏެވެ.
އައިފޯނު ގިވް އަވޭގެ ތަފްސީލް
އެޕް ޑައުންލޯޑުކުރުމަށް:
އެޕަލް އައިއޯއެސް
https://apps.apple.com/us/app/eeezap/id6738035354
އެންޑްރޮއިޑް
https://play.google.com/store/apps/details?id=com.eeezap.customer
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ