ޔޮޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު މީހަކަށް ފަރުވާދެނީ

ލަގްޒަރީ ޔޮޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު ފިހިގެން ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި މަހުގެ ފަސް ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މިހާދިސާ ހިނގާފައިވަނީ ރީތިރަށް ރިސޯޓުގެ ފަސް މޭލު ބޭރުން ދަތުރު ކުރަމުންދިޔަ "ނަވައިމާ" ނަމަކަށް ކިޔާ ޔޮޓެއްގައި ކަމުގައި ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އެރޭގެ ފަތިހު 3:43 ހާއިރުކަމަށާއި މި ޔޮޓުގައި 5 މީހަކު ތިބިކަމަށް ފުލުހުން ބުނެފައިވެއެވެ.
ޔޮޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ޔޮޓު ވަނީ އަޑިއަށް ގޮސްފައެވެ.
މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާކަމުގައި ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ