ގައުމީ މި މައުރަޒު ބްރޭންޑްކޮށްފައިވަނީ އެކްސްޕޯ މޯލްޑިވްސްގެ ނަމުގަ އެވެ. މި އަހަރުގެ މިހާތަނަށް 4،000 އަށްވުރެ ގިނަ އުފެއްދުންވަނީ ބައިވެރިކޮށްފަ އެވެ. މި އެކްސްޕޯ ފެށެނީ 23 ވަނަ ދުވަހު ސެންޓްރަލް ޕާކުގަ އެވެ.
މިމަހު ރާއްޖޭގައި ބާއްވާ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ނުވަތަ އެކްސްޕޯޓް މޯލްޑިވްސްގައި 600 ވަނަ ހޮވާއިރު ބައިވެރިވާން މައިގަނޑު ފަސް ގިންތިއެއް ހިމެނެ އެވެ
ދިވެހި އުފެއްދުންތެރިންނަށް ފުރުސަތު ފަހި ކުރަން ގައުމީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު މައުރު އިންތިޒާމު ކުރާ ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) ގެ އެސިސްޓެންޓް މެނޭޖަރު ހުސެއިން ނުވާސް ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މި އަހަރުގެ އެކްސްޕޯއަކީ ދިވެހި އުފެއްދުންތެރިންގެ ހުނަރުތައް އެންމެ ފުޅާކޮށް ފެންނާނެ އެއް މައުރަޒު ކަމަށާ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.
ނުވާސް ވިދާޅުވީ އުފެއްދުންތެރިކަމުގެ މައުރަޒުގައި އަބަދު ވެސް އެންމެ ހާއްސަ ބަޔަކީ ވާދަކުރުމުގެ ބައި ކަމަށާ މިބައިގައި ހިލޭ ބައިވެރިވޭއިރު މިބައިގެ މަގުސަދަކީ ދިވެހިންގެ ހުރަދުވެރިކަން ދައްކާލަން ފުރުސަތު ފަހި ކުރުމާއެކު ދިވެހި އުފެއްދުންތެރިން އުފައްދާ އެތަކެތީގެ އަގު ވަޒަންކޮށް، އަދި ދިވެހި އުފެއްދުންތެރިނާއި ހުނަރުވެރިންނަށް ފުރުސަތު ދިނުމެވެ. މީގެ އިތުރުން ދިވެހިން ވިޔަފާރީގެ މައިދާނުގައި ބައިވެރިވާން ފުރުސަތު ފަހި ކުރުމެވެ. އެހެން ބައިވެރިތަކުގެ ތެރޭން ކްރިއޭޓިވް އިކޮނޮމީގެ ގިންތީގައި ހިލޭ ބައިވެރިވޭނެ ބައި ތަކެއް ހިމެނޭއިރު ފީއެއް ދައްކައިގެން ބައިވެރިވޭނެ ބައި ތަކެއް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
މި ބައިގެ އިތުރުން ހިމެނޭ މާކެޓް ޕްލޭސްއަކީ ތަކެތި ވިއްކަން ސްޓޯލް ދޫކުރާ ބައެކެވެ. މި ބައިގައި ދޫކުރާނީ ވިޔަފާރި ކުރަން ދޫކުރަ ތަންތަނެވެ. އެހެންވެ މިތަނުގައި ފީއެއް ނަގަ އެވެ، ނުވަ ދުވަހަށް ކުރިއަށްދާ މައުރަޒުގައި މިބައިގައި ބައިވެރިވާން ފީއެއްގެ ގޮތުގައި 9،990 ރ. ނަގާނެ އެވެ.މޯލްޑިވްސް އެކްސްޕޯ 2025 ގައި މުޅި ގާތްގަނޑަކަށް 600 ވަނަ ހޮވާނެ އެވެ. މި ވަނަތަކަށް ވާދަކުރުމުގެ ފުރުސަތު ޖަމިއްޔާޖަމާއަތްތަކާއި ތައުލީމް ދޭ މައުކަޒުތައް ހިމެނެ އެވެ. މި މައުރަޒުގައި މަތީ ގިންތީގައި 15 ގިންތި އަކުން ވަނަ ހޮވާނެ އެވެ. އަދި ދަށު ގިންތީގެ ގޮތުގައި 80 ގިންތި އަކުން ވަނަ ހޮވައި އިނާމު ދޭނެ އެވެ. އަދި އެންމެ ޝަރަފުވެރި ވަނަތައް ކަމަށްވާ މުޅި މައުރަޒުގެ އެންމެ ރަނގަޅު ފަސް އުފެއްދުން ހޮވުން ވެސް އޮންނާނެ އެވެ.
ނުވާސް ވިދާޅުވީ މި މައުރަޒުގައި ކްރިއޭޓިވް ތަކެތި ވަގުތުން ހަދާފައި ވިއްކާލުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ."ވަންނަ މީހުންނަަށް އެނގޭނެ މިއީ ދިވެއްސަކު އުފައްދާ އެއްޗެއްކަން،" އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވީ މި މައުރަޒުގައި "ޓެކް ޑިސްޓިކް" ނޫން ހުރިހާ ގިންތިއެއް ހާއްސަަ ވާނީ ދިވެހިންނަށް ކަމަށާ މި ބައިގައި ބޭރުގެ ފަރާތްތަކުން ބައިވެރިވޭނެ ކަމަށެވެ. ނަމަވެސް މުސްތަގުބަލުގައި ބައިނަލްއަގުވާމީ ފަރާތްތަކަަށް ބައެއް ބައިތައް ހުޅުވާލައިގެން އެމީހުންނާއި ދިވެހިން ވާދަ ކުރަން ފުރުސަތު ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވ އެވެ.ބީސީސީ އިން ވާހަކަ ދެއްކެވި ނުއާޒު ވިދާޅުވީ ޓެކް ޑިސްޓްރިކްޓް ނުވަތަ ޑިޖިޓަލް އަދި އީޖާދީ ބައިގައި ބޭރުގެ އިންވެސްޓަރުން ވެސް އަންނާނެ ކަމަށާ މިތަން ފަރުމާކޮށްފައިވަނީ ވިޔަފާރީގެ ނެޓްވޯކިން ހަރަކާތްތައް ކުރިއަށްދާނެ ތަނެއްގެ ގޮތުގަ އެވެ."ޓެކް ޑިސްޓިކްޓު [ޑިޖިޓަލް އިނޮވޭޓިވް] މިތަނުގައި މައިގަނޑު ގޮތެއްގައި ޓެކް ކަންކަން ކުރިއަށްދާނެ. ދިވެހިންވެސް އަމިއްލަ އުފެއްދުންތައް އުފައްދާ، މި ޑިސްޓިކްޓުގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ އުފެއްދުންތައް އުފައްދައިގެން ބޭރު މީހުންނަށް ފުރުސަތު ދިނުމުގެ ފުރުސަތު ދިނުން،" ނުވާސް ވިދާޅުވި އެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ކުރިއެރުންތަކާއި ރޮބޮޓިކްސް: ސިނާޢަތްތައް ބަދަލުކުރަމުންދާ އެންމެ ފަހުގެ އާޓިފިޝަލް އިންޓެލިޖެންސްއާއި ރޮބޮޓިކް ޙައްލުތައް ބައްލަވާސޮފްޓްވެއާ އަދި އެޕްތައް: އޭއައި ބޭނުންކޮށްގެން ހަދާފައިވާ ޓޫލްތަކުން ފެށިގެން ދެން އަންނަ ޖީލުގެ އެޕްތަކާ ހަމައަށް، ސޮފްޓްވެއަރ އީޖާދުކުރުމުގެ އެންމެ ފަހުގެ ކުރިއެރުންތަކާ ބައްދަލުކުރައްވާޑިޖިޓަލް ސަލާމަތާއި ރައްކާތެރިކަމުގެ ނިޒާމުތައް: ޒަމާނީ ޑިޖިޓަލް ސަލާމަތާއި ސައިބަރ ސެކިއުރިޓީ ނިޒާމުތަކުން ޑިޖިޓަލް ދުނިޔެ ރައްކާތެރިކުރާ ގޮތް ދަސްކުރައްވާއީޖާދީ ޕްރޮޓޯޓައިޕްތައް: އަޅުގަނޑުމެން ދިރިއުޅޭ ގޮތާއި މަސައްކަތްކުރާ ގޮތް އަލުން މާނަކުރުމަށް ތައްޔާރުވެފައިވާ އިންޖިނިއަރިންގގެ އަޖައިބުތަކާއި މުސްތަޤުބަލުގެ ޕްރޮޓޯޓައިޕްތައް ދެނެގަންނަވާ
އުފެއްދުންތެރިކަމުގެ މައުރަޒުގައި އެންޓަޓެއިމަންޓް ނުވަތަ މުނިފޫހި ފިލުމުގެ ޑިސްޓްރިކްޓް އޮންނާނެ އެވެ. މި ބައި އޮންނާނީ ކާނިވާ ސްޓައިލަށެވެ. މައި ސްޓޭޖާއި ޕްލެޓްފޯމް ސްޓޭޖުގައި ލައިވް ބޭންޑުތަކާއި ޑާންސް ޕާފޯމަންސްތަކާއި ސްޓޭންޑް-އަޕް ކޮމެޑީ އަދި އިތުރު ކަންކަން ހިންގާ ގިނަ ސްޓޭޖުތައް ހިމެނެ އެވެ. އަދި ތިއޭޓަރު ހޯލުގައި ސްޓޭޖް ޑްރާމާތަކާއި، އަދަބީ ޕްލޭތަކާއި، ޕަރފޯމަންސްތަކަށް ހާއްސަަކުރެވިފައިވާ ކުޑަ ތަނެކެވެ. އަދި ޕާފޯމަންސް ސްޓޫޑިއޯ ހުނަރުވެރި އާޓިސްޓުންގެ ކުދި މިންވަރުގެ، ކައިރިން ބެލޭ ޕާފޯމަންސްތައް ބައްލަވައި އެކަންކަމުގައި ބައިވެރިވޭނެ އެވެ. އަދި ކާނިވަލްގެ ކަންތައްތަކެއް ހުންނާނެ އެވެ. މިތަނުގައި ކާނިވަލް ކުޅިވަރުތަކާއި ބިރުވެރި ގެއަކާއި އަދި އެހެނިހެން ފޯރިގަދަ ކަންތައްތަކުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ހުންނާނެ އެވެ.
މައުރަޒު އޮންނާނީ ސެންޓްރަލް ޕާކުގަ އެވެ. މައުރަޒު އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. މިހާތަނަށް ވާދަކުރުމުގެ ބައިގައި 300 އަށްވުރެ ގިނަ ފޯމް ވަނީ ހުށަހަޅާފަ އެވެ. އަދި މީގެ އިތުރުން އުފެއްދުންތަކުގެ ބައިގައި 4،000 އަށްވުރެ ގިނަ ތަކެތި ބައިވެރިކޮށްފައިވެ އެވެ. ޖުމްލަ ވާދަކުރުމުގެ ބައި 1،000 އުފެއްދުން ބައިވެރިކޮށްފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އުފެއްދުންތެރިކަމުގެ މައުރަޒު | ފަސް ދާއިރާ، 600 ވަނަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ