ރިޔާސީ އިންތިހާބާއި ގުޅިގެން، ރައްޔިތުންގެ ވޯޓު ހޯދުމަށް ”ހަބޭސް ކިޔާފައި ލާރި އަޅާނެ“ ކަމަށާއި، އެޅި ވަރަކަށް ހިފުމަށް ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރު، އަދި ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހީމް ގޮވައިލައްވައިފިއެވެ.
ގާސިމް މިހެން ވިދާޅުވީ، އޭނާގެ ރިޔާސީ ކެމްޕެއިނުގައި، ރޭ އައްޑޫ ސިޓީ ހިތަދުއަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ފޮށި ފޮށީގައި ގެނައި ޑޮލަރުތައް މިހާރުވެސް ޓީވީން ފެންނަމުންދާ ކަމަށެވެ.
”އެކި ގޮތްގޮތަށް ލާރި އަޅަނީ. ހަބޭސްކިޔާފައި އަޅާނެ. އަޅުގަނޑު ދަންނަވާނީ އެޅި ވަރަކަށް ހިއްޕަވާށޭ.“ ގާސިމް ވިދާޅުވިއެވެ.
ފައިސާގައި ހިއްޕެވުމަށް އިލްތިމާސް ކުރެއްވުމަށް ފަހު ގާސިމް ދެން ވަނީ ފައިސާ ދީފައި ވޯޓުލުމަށް އެދުނު ނަމަވެސް އެގޮތަށް އެކަން ނުކުރުމަށް ގޮވާލާފއެވެ. އެގޮތަށް ވޯޓު ދިނުމަކީ ގައުމަށް ހެޔޮއެދިގެން ކުރާނެ ކަމެއް ނޫން ކަމަށާއި އެއީ އަމިއްލަ ފައިދާ އަށް ކުރާނެ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
”މިއީ ކޮންމެވެސް ބޭރު ތަނަކުން ލާރިގަނޑެއް މަޅާލައިގެން އައިސް މި އުޅެނީ. އެ ލާރިދިން ފަރާތަށް ކިޔަމަން ނުވާނެ އެއްވެސް ގޮތެއް އޮންނާނެތަ. އެއްގޮތަކަށް ވެސް އެކަން އެގޮތަށް ނުކުރައްވާށޭ އެއީ ވަރަށް ބޮޑު ގޯހެކޭ.“ ގާސިމް ވިދާޅުވިއެވެ.
ހަބޭސް ކިޔާފައި ލާރި އަޅާނެ، އެޅި ވަރަކަށް ހިފާތި: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ