ސިއްހީ ވުޒާރާގެ ބައެއް މުވައްޒަފުން މަސައްކަތް ކުރާ ވަގުތު އިތުރުކުރުމަށް ނިންމާފައިވާ ނިންމުމަށް އަމަލުކުރުން ފަސްކޮށްފިއެވެ.
ސިއްހީ ވުޒާރާއިން މިދިޔަ ހަފުތާގައި ނެރުނު ސާރކިއުލަރ އެއްގައި އަންގައިފައި އޮތީ، އެ ވުޒާރާގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން އާދިއްތަ ދުވަހުން ފެށިގެން ހެނދުނު 8:00 އިން ހަވީރު 4:00 އަށް މަސައްކަތް ކުރަންޖެހޭ ގޮތަށެވެ.
މިގޮތައް އަމަލުކުރަން ފެށީ މުސާރައިގެ އައު ފްރޭމްވޯކަށް އަމަލުކުރަން ފެށުމާ ގުޅިގެން ކަމަށާއި، މަސައްކަތުގެ ވަގުތު އިތުރުކުރީ މުސާރަ ބޮޑުވި މުވައްޒަފުންނަށްކަން އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މި މައްސަލަ ހޫނުވެ އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ޕެޓިޝަނެއް ވެސް ތައްޔާރުކުރިއިރު މައްސަލައިގައި އެ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ، ފަންނީ މުވައްޒަފުންގެ މަސައްކަތު ގަޑިތައް އެއްގޮތް ކުރުމާ ގުޅޭގޮތުން ބައެއް މުވައްޒަފުންގެ ކަންބޮޑުވުން ލިބެމުންދާ ކަމަށެވެ. އެހެންކަމުން ކަމާ ގުޅުންހުރި ފަރާތްތަކާ އިތުރަށް މަޝްވަރާކުރުމަށް ބޭނުންވާތީ، ވަކި ގޮތެއް އަންގަންދެން މީގެ ކުރިން ވެސް އަމަލުކުރަމުން ގެންދިޔަ ގޮތަށް މަސައްކަތް ކުރުމަށް ވަނީ އަންގާފައެވެ.
ނިމިދިޔަ ސަރުކާރުގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުއެވެ. އެނގިފައިވާގޮތުގަ ފަންނީ މުވައްޒަފުންގެ ރަސްމީ ގަޑިއަށް ބަދަލުގެނައީ ސިވިލް ސާވިސް ކޮމިޝަންއާ މަޝްވަރާކުރުމެއް ނެތިއެވެ.
ސިއްހީ ވުޒާރާގެ ފަންނީ މުވައްޒަފުންގެ މަސައްކަތު ގަޑި އިތުރުކުރިޔަސް ސަރުކާރުގެ ރަސްމީ ގަޑިއަށް ބަދަލެއް ނުގެނެއެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތު ގަޑި އިތުރުކުރުން މަޑުޖައްސާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ