"ތަވާ" އިން 20 ޕަސަންޓުގެ ޑިސްކައުންޓު ދޭ ޕްރޮމޯޝަނެއް ފަށައިފި "ތަވާ" އިން 20 ޕަސަންޓުގެ ޑިސްކައުންޓު ދޭ ޕްރޮމޯޝަނެއް ފަށައިފި

އޭޝިއާ, އަރަބި އަދި އެހެން ބައްރުތަކުގެ ރަހަތައް ލިބެންހުރި ތަވާ ކެފޭ އިން 20 ޕަސަންޓުގެ ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
އަންނަ އޯގަސްޓު 15، ގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަންގެ ދަށުން ތަވާއަށް ކާން ގޮސްގެން ނުވަތަ ޑެލިވަރީ ކޮށްގެން ވެސް 20 ޕަސަަންޓު ޑިސްކައުންޓު ލިބެ އެވެ.
ތަވާގެ މާނައަކީ އަނގަ ބޮޑުކޮށް ތިލަކޮށް ހުންނަ ކަންވާރެވެ. މިއީ އެއްޗެތި ކެއްކުމަށާއި ބައެއް ތަކެތި ފިހުމަށާއި ތެލުލުން ފަދަ ކަންކަމަށް ބޭނުންކުރާ އެއްޗެކެވެ.
ހުޅުމާލޭ ނިރޮޅު މަގުގެ އެންމެ ހިތްފަސޭހަ ހިސާބުގައި ދެ ފަންގިފިލާއަށް ހަދާފައިވާ ތަވާގައި ހުރި ކެއުންތަކުގެ ތެރެއިން ދަ ތަވާސް ސިގްނެޗާ ރައިސް އާއި ބީފް ސްޓޭކް ވިތު މޭޝްއަކީ މިހާރު ވެސް ގިނަ ކަސްޓަމަރުންގެ އެންމެ މަގުބޫލު ހޮވުމެވެ.
ނާސީ ގޮރެން އާއި ބާމީ ގޮރެން، ނޫޑްލްސްގެ ވައްތަރުތައް ތައްޔާރު ކުރަނީ ވެސް ތަޖުރިބާކާރު ޝެފުން، ދިވެހި ދޫތަކަށް ކަމުދާ ގޮތަށެވެ.
ބީފް ސަބްމެރިން އިން ފެށިގެން ކުލަބް ސޭންޑްވިޗްގެ ކޮންމެ ބައިޓެއްގައި ހިތްގައިމު ރަހައެއް އެކުލެވިފައި ވާއިރު، އެއާއެކު ކްރިސްޕީ ފްރައިސް ލިބެ އެވެ. ކުކުޅު ކަބާބު، ބީފް ކަބާބު، ޕެރީ-ޕެރީ ޗިކަން، އަދި ގްރިލްޑް މަހުގައި ހަނދާނުން ފިލުވައި ނުލެވޭ ފަދަ ސިއްރެއް އެކުލެވެ އެވެ.
ޖޫހާއި ބުއިންތައް ވެސް ތަފާތެވެ. ސާޅީހަކަށް ވުރެ ގިނަ ކްރިއޭޓިވް މޮކްޓެއިލް، ސްމޫތީ، ލަވާޒާ ކޮފީ، އަދި އެސްޕްރެސޯ އާއެކު ކޮންމެ މޫޑަކަށް ކަމުދާ ބުއިންތައް ތަވާގައި އެބަ ހުއްޓެވެ. އަހަރެންނަށް އެންމެ ކަމުދިޔައީ ދޮންކެޔޮ ކަޖޫ ލާތޭ އެވެ.
ކެއުންތަކަށް އިންސާފު ކުރުމަށް ފަހު، ފޮނި ނިމުމެއް ގެނެސް ދޭ ރަހަތައް ވެސް ހަމަ ތަފާތެވެ.
ކުދި ފަންކްޝަންތަކާއި ކެއުންތަކާއި، އޮފީސް، އާއިލީ ޕާޓީތައް ބޭއްވޭނެ ތަނަވަސް ޖާގަ ތަވާގައި އެބަ އޮތެވެ. އައުޓު ޑޯއަށް ލޯބިކުރާނަމަ އެޖާގަ ވެސް އޮބަ އޮތެވެ. އަދި ޓޭކްއަވޭ ކައުންޓަރުން ވަގުތުން ކައުމާއި ބުއިން ތައްޔާރުކޮށްލަ އެވެ.
އަވަސް އެޕް، އަދި ފުޑީސް އެޕް މެދުވެރިކޮށް ވެސް ވަރަށް އަވަހަށް ތަވާއަށް އޯޑަރު ކޮށްލެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ