އުސާމަށް: ގާނޫނުތައް އެބިއުސް ކުރަނީ ސަރުކާރުން

އާރުޓީއެލް އެބިއުސް ކުރަންޏާ ކުރނީ ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އުޝާމު ބައިވެރިވާ ސަތުކާރުންނެވެ. ގާނޫނުގައި މުއްދަތުގައި އާރުޓީއައި ޖަވާބު ނުދިނުމާއި އެއްގޮތަކަށްވެސް މައުލޫމާތު ނުދީ ހިފެހެއްޓުމަކީ އެބިއުސް ކުރުމެވެ. މައުލޫމާތު ހޯދަން އެދުމަކީ އެބިއުސްކުރުން ކަމަށް ބަނޑާރަ ނައިބަށް ފެނުނިމާ ދައުލަތުގައި ގާނޫނީ ހުކޫމަތު ނުހިނގާ ކަމަށް އެއްބަސް ވެވުނީތާއެވެ.
މައުލޫމާތު ހޯދާލިބިގަތުމަކީ ހިފެހެއްޓެއް ނެތް އަސާސީ ހައްގެކެވެ. މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ހަނިކޮށް އުޅޭ އެންމެ ކުޑަމިންވަރަށް ނޫނީ ގާނޫނަކުންވެސް ހަނިކުރެވެން ނުއޮންނަ އަސާސީ ހައްގެކެވެ. 
މީޑިއާތަކާއި އަމިއްލަ ފަރުދުން ސަރުކާރުގެ އިދާރާތަކަށް މައުލޫމާތު ހޯދަން ހުށަހަޅަނީ ސަމާސާއަކަށް ނޫނެވެ. ކުރާނެ ކަމެއް ނެތިގެނެއްވެސް ނޫނެވެ. ބަޔަކަށް ޖެއްސުންކޮށް ސަރުކާރަށް ޖެއްސުން ކުރާކަށް ނެތީއެވެ.
އާއްމު ފަރުދުން މައުލޫމާތު ހޯދާލިބި ގަތުމަށް އެދެނީ ޒާތީ ދިރިއުޅުމުގެ ރައްކާތެރިކަމާއި އަސާސީ ހައްގުތައް ކަށަވަރުކުރުމަށެވެ. މީޑިއާތަކުން މައުލޫމާތު ހޯދާ ލިބިގަންނަން މަސައްކަތްކުރަނީ މުޖުތަމަޢާއި ގައުމީ މަސްލަހަތުގައެވެ.  
ދައުލަތުގެ ކަންކަމާ ހަވާލުވެތިބެ ހިތުހުރި ގޮތަކަށް ކަންކަން ކުރަމުން ކަމުންރެކެން ބަހަނާ ނުދައްކާށެވެ. ކޮންމެ ގާނޫނެއް ތިމާމެން ބޭނުންވާހާ ގޮތަކަށް މާނަކޮށް ބަދަލު ކުރުމަކީ ގާނޫނުގެ ވެރިކަން ކުރުމެއް ނޫނެވެ. ގާނޫނާއި ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ބޯނުލެނބެންޏާ ބަހަނާ ނުދައްކާ ފެއްސިގެން ދާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ