ސީއެންއެންގެ ބާނީ ޓެޑް ޓާނާ އުމުރުން 87 އަހަރުގައި މަރުވެއްޖެ
ސީއެންއެންގެ ބާނީ ޓެޑް ޓާނާ 87 އަހަރުގައި މިއަދު މަރުވެއްޖެއެވެ. ޓާނާ މަރުވިކަން އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ. ޓާނާ މަރުވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސިކުނޑީގެ ނާރުގެ ބައްޔެއް ތަހައްމަލު ކުރުމަށްފަހެވެ. ނަވާރަ ސަތޭކަ އަށްޑިހަ ވަނަ އަހަރު ފުރަތަމަ ޑެޑިކޭޓެޑް ރޯލިން ނިއުސް ޗެނަލްގެ ގޮތުގައި ޓާނާ ލޯންޗުކުރި ކޭބަލް ނިއުސް ނެޓްވޯކް، ވަނީ ވަރަށް އަވަހަށް މީޑިއާ ލޭންޑްސްކޭޕްގެ މައިގަނޑު ބަޔަކަށް ވެގެން ގޮސްފައެވެ. "ޓެޑް އަކީ ވަރަށް ކޮމިޓެޑް ލީޑަރެއް. ކެރޭ، ބިރެއް ނެތި އަދި އަބަދުވެސް އަމިއްލަ ނިޔާއަށް އިތުބާރު ކުރަން ތައްޔާރަށް ހުރި މީހެއް،" ސީއެންއެންގެ ސީއީއޯ އަދި ޗެއާމަން މާކް ތޮމްޕްސަން ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ. "އޭނާ އަކީ ސީއެންއެންގެ ރިޔާސަތު ބަލަހައްޓާ ރޫހު އަދި އަބަދުވެސް އެކަން އޮންނާނީ އެގޮތަށް،" ސީއެންއެން މަގުބޫލުވާން ފުރަތަމަ އުނދަގޫވި ނަމަވެސް 1981 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ރޮނާލްޑް ރީގަން އަވަހާރަކޮށްލަން އުޅުނު މައްސަލައާއި 1986 ވަނަ އަހަރު ޗެލެންޖާ ސްޕޭސް ޝަޓަލް ކާރިސާ ފަދަ ޚަބަރުތައް ގެނެސްދިން ގޮތް މަގުބޫލުވެ، ވަރަށް އަވަހަށް ސީއެންއެން މަޝްހޫރުވެގެން ދިޔައެވެ. އޭގެފަހުން 1990-1991 ގެ ގަލްފް ހަނގުރާމައިގެ ޚަބަރުތައް ވެސް ވަރަށް ފުރިހަމައަށް ސީއެންއެން އިން ވަނީ ގެސްދީފައެވެ. ޓާނާ އަކީ ހަމައެކަނި ސީއެންއެންގެ ބާނީއެއް ނޫނެވެ. އޭނާގެ ކެރިއަރު ފެށީ ކާމިޔާބު އާއިލީ ވިޔަފާރި ބިލްބޯޑް ކުންފުނިންނެވެ. މީގެ އިތުރުން ޖޯޖިއާގެ އެޓްލާންޓާގެ ރޭޑިއޯ ސްޓޭޝަންގެ ބާނީއަކީ ވެސް ޓާނާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ