888،845 ވޯޓު ކަރުދާސް ޗާޕުކޮށްފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރާއްޖޭގެ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ފެންނަ ނުފެންނަ ވޯޓަށް 888,845 ވޯޓު ކަރުދާސް ޗާޕްކުރި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ޗާޕުކުރި ވޯޓު ކަރުދާހުގެ ތަފުސީލު ހާމަކޮށްފަ އެވެ.ވޯޓު ކަރުދާސް ޗާޕުުރި އަދަދުލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 - 297،959އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 - 292،706ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 - 298،180އީސީން ބުނި ގޮތުގައި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި، ޖުމްލަ 299,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ.މި އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތައް އީސީން މިހާރު ވަނީ ނިންމައިފަ އެވެ. އަދި ވޯޓުފޮށިތަކާއި އެހެނިހެން ސާމާނު ވެސް ރަށްރަށަށް ވަނީ ފޮނުވައިފަ އެވެ. އީސީން ނިންމާފައި ވަނީ ތިން އިންތިހާބުގައި ވޯޓުލުމަށް ވަކިވަކިން ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ދިނުމަށެވެ. ކޮންމެ ވޯޓު ކަރުދާހެއްގެ ނުފުށުން އެއީ ކޮންމެ އިންތިހާބެއްގެ ވޯޓު ކަރުދާހެއްކަން އެނގޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެ ދާއިރާއެއްގެ މައުލޫމާތު ވެސް ވޯޓު ކަރުދާހުގެ ނުފުށުން އެނގޭނެ އެވެ. ކޮންމެ އިންތިހާބެއްގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ އެ ކަމަށް ހާއްސަ ވޯޓު ފޮއްޓަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ