މާލެ ސަރަޙައްދުގައި އަލަށް ތަޢާރަފުކުރި ޓެކްސީ ލައިންގެ ފުރަތަމަ ހަފުތާގެ ޚިދުމަތަކީ ތަޖުރިބާ ދަތުރުތަކެއްކަމަށާއި، މި މުއްދަތުގައި އެއްވެސް އަގަކާ ނުލާ ހިލޭ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ޖުމްލަ 150 ކާރާއެކު މި ޚިދުމަތް ފަށާފައިވާއިރު، މިއީ އާރްޓީއެލް ފެރީގެ ޚިދުމަތްތައް ދޭ އުސޫލުން ޚިދުމަތް ތަޖުރިބާކުރުމަށް ހުޅުވާލި ފުރުޞަތެކެވެ.
ތަޖުރިބާ ހަފުތާއަށް ފަހު، ދަތުރުތަކަށް އަގު ނަގާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ރަސްމީ އަގުތަކަށެވެ. ކަސްޓަމަރު ދަތުރު ބުކް ކުރުމާއެކު، އެންމެ ކައިރީގައި އޮތް ކާރެއް ކަސްޓަމަރަށް ޚިދުމަތް ދިނުމަށް ކަނޑައެޅޭނެއެވެ. ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށްވެސް 1655 ނަންބަރަށް ގުޅޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.
ޓެކްސީލައިންގެ ދަތުރުތައް ނެގޭނީ 1655އަށް ގުޅައިގެން، ފުރަތަމަ ހަފުތާ ހިލޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ