މަރަކީ، ދުނިޔޭގެ ލައްޒަތާއި ކެހިވެރިކަމާއި ޣާފިލުކަމުން އަހަރެމެން ހޭލައްވައިލާކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "މަރު" މިއެވެ.
"އެއީ ތިބާ ދެކެ ލޯބިވާ ދަރީން ތިބާއަށް މާޔޫސްކަމާ އެކު ބަލަމުންދާ ވަގުތެވެ. ލޯބިވާ އަނބިމީހާ ނުވަތަ ފިރިމީހާ ހިތާމަކުރަމުންދާ ވަގުތެވެ. މައިންބަފައިންގެ ލޯތައް ތެމި ކަރުނަ އަޅަމުންދާ ވަގުތެވެ. ތިމާގެމީހުން ތިބާއަށް ޓަކައި، އަވަސް ޝިފާއަކަށް އެދި ދުޢާކުރާ ވަގުތެވެ. އެކުވެރީން ތިބާގެ ގައިގައި ފިރުމަމުންދާ ވަގުތެވެ. ޞިއްޙީ އެންމެހައި ވަސީލަތްތައް މެދުވެރިކޮށް ތިބާގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި މަސައްކަތްކުރެވެމުންދާ ވަގުތެވެ. ނަމަވެސް ތިބާގެ ނޭވާ ކުރުވެ، އަބަދުގެއަބަދަށް މި ދުނިޔެ ދޫކޮށް ދާން ޖެހޭ ވަގުތަކީ ކޮންމެ އިންސާނަކާ ބައްދަލުކުރާނޭ އެންމެ ވޭނާއި ތުރާ ލިބޭނޭ ވަގުތެވެ." ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.
ހުކުރު ޚުތުބާ ނިންމާލަމުން ބުނެފައިވަނީ މަރުވާނެކަމާއި، މަރާ ކުރިމަތިލާން ޖެހޭނޭކަން ދަނެ، ތިބާ އެ ކަމަށް ތައްޔާރުވާން ޖެހޭނެކަމަށެވެ. އަދި ހެޔޮ ޢަމަލުތައް ގިނަކޮށް، ނުބައި ކަންކަމުން ދުރުވެ، ގިނަގިނައިން މަރު ހަނދާންކުރުމަށްވެސް ގޮވާލާފައިވެއެވެ.
މަރަކީ، ދުނިޔޭގެ ލައްޒަތާއި ޣާފިލުކަމުން އަހަރެމެން ހޭލައްވައިލާ ކަމެއް: ޚުތުބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ