ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ލޮޅުންތަކުން ސަލާމަތްވުމަށް، ބަންގްލަދޭޝްގެ ސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑި ކުރުކޮށް، އިޤުތިޞާދު ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ. އީރާނާ ދެކޮޅަށް ފެބުރުވަރީ 28 ވަނަ ދުވަހު ޣައިރުޤާނޫނީ ހަނގުރާމައެއް ފެށްޓެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުން ތަޞްދީޤުކުރި އައު އުސޫލުގެ ދަށުން، ސަރުކާރު އޮފީސްތަކުގެ ރަސްމީގަޑިއަކީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި، ބާޒާރުތަކާއި ފިހާރަތައް އިރުއޮއްސި 6:00 ގައި ބަންދުކުރުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، މަދަރުސާތަކުގައި ކިޔަވައިދޭ ވަގުތަށް ބަދަލުގެނައުމަށް، ނުވަތަ އޮންލައިން ކުރުމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މަދަރުސާތަކަށް ޚާއްޞަ އިލެކްޓްރިކް ބަސް އެތެރެކުރުމުގައި އިންޕޯޓުޑިއުޓީ މާފުކޮށްދިނުމަށް ވެސް އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން 175 މީހުންގެ އާބާދީއެއް އޮތް ބަންގްލަދޭޝަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އަދި، ތެޔޮ ލިބުން ދަތިވުމާއެކު، ޢާންމުން އެއްފަހަރާ ގިނައިން ތެޔޮ ގަނެ ރައްކާކުރުން ހުއްޓުވުމަށް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.
ތެލާއި ކައްކާ ގޭސް އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވަމުންދާތީ، އެ ކަމަށް ބޭނުންވާ 2.5 ބިލިޔަން ޑޮލަރުގެ އެހީ ހޯދުމަށް ވެސް ބަންގްލަދޭޝް ސަރުކާރުން މިހާރު ދަނީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކާ މަޝްވަރާ ކުރަމުންނެވެ. ދާކާގެ ސަރުކާރުން ބުނީ، މި ފިޔަވަޅުތަކަކީ އީރާނުން ދިފާޢުގައި ދެމުންދާ ރައްދު ޙަމަލާތަކުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ބަންގްލަދޭޝް ތެލާއި ގޭހަށް ޖެހުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކެއް ކަމުގައެވެ.
ބަންގްލަދޭޝް ސަރުކާރުގެ ރަސްމީ ގަޑި ކުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ