ދިވެހި ޒުވާނުންނަކީ ރާއްޖޭގެ މުސްތަގުބަލުގެ ކުރިއެރުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ސައޫދީ އަރަބިއްޔާގެ ރިޔާދުގައި ބޭއްވި “ގްލޯބަލް ލޭބަރ މާކެޓް ކޮންފަރެންސް” ގައި ރާއްޖެ ތަމްސީލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުން 200 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ރާއްޖޭގައި ވަޒީފާ ހޯދަން މަސައްކަތްކޮށް ވަޒީފާ ލިބިފައި ނުވާ ޒުވާނުންގެ އަދަދު ސުމަކަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު އަމާޒެއްކަން ހާމަކުރެއްވިއެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި “ނޭޝަނަލް ކެރިޔަރސް ސްކިލްސް” (އެންސީއެސް) މެދުވެރިކޮށް ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް ގުޅުވައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ. އަދި ޒުވާނުންނަށް ބޭނުންވާ ވޮކޭޝަނަލް ތަމްރީނުތައް ދިނުމަށް ހާއްސަ މިންގަނޑުތަކެއް ކަނޑައަޅައި، އެ ދާއިރާތަކުން ޒުވާނުން ތަމްރީނު ކުރަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
ޖަނަވަރީ މަހުގެ 26 އިން 27 އަށް ކުރިއަށްދިޔަ މި އިންޓަނޭޝަނަލް ކޮންފަރެންސަކީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާއި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްގީއެއް ގެނައުމަށްޓަކައި މަސައްކަތުގެ މައިދާނުގައި ހުރި ޝަކުވާތައް އޮޅުންފިލުވައި، އެކަށީގެންވާ ޕޮލިސީތައް އެކުލަވާލުން މުހިންމު ކަމަށެވެ. ރާއްޖެއިން މިހާރުވެސް ދަނީ ޒުވާނުންގެ ހުނަރުތައް ތަރައްގީކޮށް، ވަޒީފާގެ ބާޒާރަށް އެ ފަރާތްތައް ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖެއަށް 36 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ މީހަކު 15 ދުވަހަށް ބަންދުކޮށްފި މުޅި ދައުލަތް ޑިޖިޓަލްކޮށް، އޭއައި އަށް އަހުލުވެރިކުރުވަން މައިންޑްކޯ އިން މަސައްކަތް ފަށައިފި ފެބްރުއަރީ މަހު ޓޫރިޒަމްގެ ރެކޯޑްތައް މުގުރާލައިފި: އިއްޔެ އެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ