އިސްމާއީލް ނަވީން, ޕޮލިސް ކޮމިޝަނަރުގެ މަގާމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމަށް ހުށައަޅުއްވައިފި އެވެ.
މަގާމުން ވަކިވެވަޑައިގަންނަވާކަން ނަވީން, ވަނީ ފުލުހުންގެ އިސްވެރިންނަށް އަންގަވާފަ އެވެ. އަދި މިހާރު ވަނީ މަގާމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމަށް ހުށައަޅުއްވާފަ އެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ނަވީން އައްޔަނު ކުރެއްވީ ޖޫން 10, 2025 ގަ އެވެ. އޭރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގަ އެވެ.
ނަމަވެސް ސީޕީގެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން ފުލުހުންގެ އިދާރާ ހިންގަވަމުން ގެންދެވީ ނަވީންގެ ބެއްލެވުގެ ދަށުންނެވެ. ނަވީން, މަގާމުން ވަކިވެވަޑައިގަންނަވާ ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.
އެކަމާއި ގުޅޭގޮތުން ފުލުހުންްގެ އިދާރާއިން އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
ނަވީން، ސީޕީގެ މަގާމުން ރިޓަޔާ ކުރައްވަން ހުށައަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ