20 އަހަރުން ދަށުގެ ގައުމީ ޓީމްގެ ފަރިތަކުރުންތަކުގައި އައްފާނު
މި މަހުގެ 23 އިން އޭޕްރީލް 3 އަށް މާލޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ޕްރެކްޓިސްތައް ފަށާފައިވާއިރު، އެފްއޭއެމް އިން އެދިގެން ސިންގަޕޫރުން ވަނީ އެ ގައުމުގައި ކޭމްޕެއް ހަމަޖައްސައިދީފައެވެ.މި ފަރިތަކުރުންތަކުގައި ފައިނު ދަރިއެއްކަމުގައިވާ އައްފާނު އަޙްމަދު ދަނީ ބައިވެރިވަމުންނެވެ. އައްފާން ފާހަގަ ކުރެވިފައިވަނީ ރަށު ލެވެލްގައި ވެސް މޮޅު ކުޅުމެއް ދައްކަމުންދާ އަދި ކުލަބް މޯލްޑިވްސްގައި ވެސް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެއްގެ ގޮތުގައެވެ. މިއީ ފައިނަށް ނިސްބަތްވާ ދަރިއަކު ގައުމީ ފުޓްބޯޅަ ޓީމްގައި ހިމެނި ފަރިތަކުރުންތަކުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. ސީނިއާ ގައުމީ ޓީމުގެ ހެޑް ކޯޗު އަދި އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްޓަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ސާފް 20 އަހަރުން ދަށުގެ ގައުމީ ޓީމު ތައްޔާރުވަމުން އަންނައިރު، ސިންގަޕޫރާ ދެކޮޅަށް ކުޅޭ ދެ މެޗު އޮންނާނީ މާޗް 8 އާއި 11 ވަނަ ދުވަހުއެވެ.މި މުބާރާތުގައި ފުރަތަމަ މެޗުގައި މާޗް 23 ވަނަ ދުވަހުގެރޭ ރާއްޖޭން ކުޅޭނީ ލަންކާއާއެވެ. ދެ ވަނަ މެޗުގައި، މާޗް 25 ވަނަ ދުވަހުގެ ރޭ ބޫޓާނާ ދެކޮޅަށް ކުޅޭނެއެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، މާޗް 27 ވަަނަ ދުވަހު ހަވީރު ނޭޕާލާ ކުޅޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ