ރާއްޖޭގައި އަމާންކަން ޤާއިމު ނުކުރެވެނީ ޤާނޫނުގައި ހުރި ލޯވަޅުތަކުގެ ސަބަބުން - އުމަރު

ދިވެހިރާއްޖޭގައި އަމާންކަން ޤާއިމު ނުކުރެވިގެން މި އުޅެނީ ދިވެހި ޤާނޫނު އަސާސީގައި ހުރި ލޯވަޅުތަކުގެ ސަބަބުން ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 82 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުށުގެ ވެށީގެ ނުރައްކާތެރި ކަމުގައި ތިބޭ ރައްޔިތުންނަށް ފެންނަނީ ކުށްވެރިޔާ އެއް ދޮރުން ވެއްދުމަށްފަހު އަނެއް ދޮރުން ނުކުންނަ މަންޒަރު ކަމަށާއި، ނުފެންނަނީ ޤާނޫނުން ކުށްވެރިޔާ ސަލާމަތްވުމަށް ލިބިދީފައިވާ ޖާގަތައް ކަަމަށެވެ.
"ބިރުވެރިކަމުގެ ޝިކާރައަކަށް ވެފައިވާ ރައްޔިތު މީހާއަށް ފެންނާނީ ކުށްވެރިޔާ އެއް ދޮރުން ވައްދާތަނާއި، އަނެއް ދޮރުން ނުކުމގެން ދާތަން. އޭނާއަށް ނުފެންނަނީ ޤާނޫނުތަކުގައި ހުރި ލޯވަޅުތައް. އޭނާއަށް ތަސައްވުރުވެސް ނުކުރެވެނީ ޤާނޫނުގެ ދެފޮޅުވަތް ދެމެދުން ކުށްވެރިޔާ ދެމިގަނެގެން ދާން ހުރި ޖާގަތައް." އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ މިހާރު އޮތް ޤާނޫނު އަސާސީގައި ފޫނުބެދޭ އެތައް ލޯވަޅުތަކެއް ހުރި ކަމަށާއި، ގާނޫނު އަސާސީ އާއި ގުޅިގެން ހެދުނު ގާނޫނުތަކުގައި ފުލުހުންނަށް ޒިންމާ އަދާކުރުމަށް ދަތިވާ ކަމަށެވެ.
"ފުލުހުންނަކީ ގާނޫނު ހަދާ ބައެއް ނޫން. ފުލުހުންނަށް އަމަލު ކުރެވޭނީ ގާނޫނު ހެދި ގޮތުގެ މައްޗަށް، 2008 ވަނަ އަހަރު ރާއްޖެ ބަލައިގަތް ގާނޫނު އަސާސީ އާއި ގުޅިގެން ހެދުނު ގާނޫނުތަކުގައި ފުލުހުންނަށް ޒިންމާ އަދާކުރުމަށް ދަތިވޭ. އަދި ދިފާއީ ވަކީލުން އަދާކުރައްވާ ނުސިޔާރު އައުޓް" އުމަރު ވިދާޅުވިއެވެ.
އަމަން ގާއިމު ކުރުމަށް ފުލުހުންނާއި މެދު ދެކެވޭ ގޮތާއި ފުލުހުންނާއި ގާނޫނު އަދާ ނުކުރެވޭ އަސްލު ސަބަބާއި އެއީ މުޅިން ތަފާތު ސަބަބުތަކެއް ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މުޖުތަމައުގައި ކުށް ގިނަވެ، އަމަންއަމާންކަން ގެއްލުމުގެ ސަބަބުން ފުލުހުންނާއި ދިމާލަށް ނަފުރަތުގެ ބަސް ބުނާ ކޮންމެ މީހަކީ ސިޔާސީ މަގްސަދެއްގައި އެއްޗެހި ބުނާ ބައެއް ނޫން ކަމަށެވެ، ނަމަވެސް އެއީ އެފަރާތްތަކަށް ހަޤީޤަތް އޮޅިފައި އޮތުމުން ބުނެވޭ އެއްޗެހި ކަމަށެވެ،
"ނުރުހުމާއި މަފުރަތުގެ އިބާރާތަކުން ފުލުހުންނާ ދިމާލަށް އެއްޗެއް ބުނާ ކޮންމެ ދިވެހި ރައްޔިތަކީ ސިޔާސީ މަޤްސަދެއްގައި ފުލުހުންގެ އަގު ވައްޓާލަން މަސައްކަތް ކުރާ މީހެއް ނޫން ކަން، ކީއްތޯ، އެފަދަ ގިނަ މީހުންނަކީ އެމީހުންނަށް ހަޤީޤަތް ނޭނގޭ ކަމަކާ ގުޅިގެން ފެންމަތިވާ ،މައްސަލައެއްގައި ޝިކާރައަކަށް ވެފައިވާ ބައެއް."
އަދި މިފަދަ ވަގުތެއްގައި ނުރުހުމުގެ ބަސް ބުނެވޭނީ މުޖުތަމައު އަމާންކުރުމުގެ ވާޖިބު އަދާކުރާ ޖަމިއްޔާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. ނަމަވެސް ނަފްރަތުގެ ބަސް ބުނުމަކީ އެއްގޮތަކަށްވެސް ކަންބޮޑުވާންވީ ސަބަބެއް ނޫން ކަމަށާއި، އަބަދުވެސް މިފަދަ ވަގުތެއްގައި ނަފްރަތު ލިބޭ ސަބަބު ބަދަލު ކުރުމަށް މަސައްކަތް ކުރުމަށް ކަމަށްވެސް އުމަރު ވިދާޅުވިއެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ