ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ވަހީދު މުހައްމަދު (ވައްޑެ) ކްލެމެންސީ ބޯޑުގެ މެންބަރުކަމުން ވަކިކޮށްފިއެވެ.
ބައިބައިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ ވަހީދު އެބޯޑުން ވަކިކުރީ މިއަދު އެވެ
ވައްޑޭ އެމަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް މަޝްވަރާ އެރުވުމަށް މަޖިލީހުން އަންގާރަދުވަހު ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްކޮށްފައިވަނީ ޕީޕީއެމްގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހެޅުއްވި ގަރާރާއި ގުޅިގެންނެވެ.
ކްލެމެންސީ ބޯޑަކީ މައާފްދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްނުން އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން އެއިލްތިމާސާ ގުޅޭގޮތުން ރައީސް އަމަލުކުރައްވަން ފެންނަގޮތުގެ ލަފާދޭ ބޯޑެކެވެ.
މަޖިލީހުގެ މެމްބަރެއްގެ އިތުރުން އެ ބޯޑުގައި ތިއްބަވަނީ ގާނޫނީ ދާއިރާގެ ބޭފުޅަކާއި ތައުލިމީ ދާއިރާގެ ބޭފުޅަކާއި އިޖުތިމާއީ އަދި ސިއްހީ ދާއިރާގެ ބޭފުޅެކެވެ.
އަދި ދީނީ އިލްމުވެރިޔަކާއި މަދަނީ ޖަމްއިއްޔާއެއްގެ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅެއްގެ އިތުރުން ފުލުހަކާއި ޝަރުއީ ދާއިރާގެ ބޭފުޅަކުވެސް އެބޯޑުގައި އިންނަވައެވެ.
މެމްބަރު ވަހީދު ކްލެމެންސީ ބޯޑުން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ