އެެޑްމިޓްކުރި މީހުންގެ އަދަދު ސަތޭކަ ފަންސާހަށް!

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެެޑްމިޓްކުރި މީހުންގެ އަދަދު 150 އަށް އަރައިފިއެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 150 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި މީގެތެރެއިން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 139 މީހަކު އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި 10 މީހަކަށް ފަރުވާ ދެމުންދާއިރު ބ. އޭދަފުށީ ކޮވިޑް ސެންޓަރުގައިވެސް މީހަކަށް ވެސް ދަނީ ފަރުވާ ދެމުންދާކަމަށެވެ.
މީހުންގެ ތެރެއިން 10 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން ފަސް މީހަކަށް ފަރުވާ ދެނީ ހުޅުމާލެ މެޑިކަލް ފެސިލީޓީގެ އައިސީޔޫގަ އެވެ. އަދި ދެ މީހަކަށް ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން ދާއިރު ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ވެސް ފަސް މީހަކަށް  ފަރުވާ ދެމުން ދާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. 
އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހަށް 143 މިހުން މިއަދު ވަނީ ޕޮޒިޓިވްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ