ރޮހިންގާ ކޭމްޕްތަކަށް ކަރަންޓު ދިނުމަށް ސޯލާ ޕެނަލްތަކެއް ހަރުކުރަން ބަންގްލަދޭޝް އިން ނިންމައިފި

ބަންގްލަދޭޝްގައި ގާއިމްކޮށްފައިވާ ރޮހިންގާ ކޭމްޕްތަކަށް ކަރަންޓު ދިނުމަށް ސޯލާ ޕެނަލްތަކެއް ހަރުކުރުމަށް ބަންގްލަދޭޝްގެ ސަރުކާރުން ނިންމައިފި އެވެ.
މި ނިންމުން ނިންމާފައިވާކަން ހާމަކޮށްފައިވަނީ އެގައުމުގެ ބޮޑުވަޒީރު، ޝެއިޚް ހަސީނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އަވާމީ ލީގުގެ ޖެނެރަލް ސެކްރެޓަރީ އޮބައިދުލް ޤާދަރު އެވެ. އޭނާ މިކަން އިއުލާނު ކުރަމުން ބުނެފައިވަނީ އެ ނިންމުމަކީ ޝެއިޚް ހަސީނާގެ އިސްނެންގެވުމެއް ކަމަށެވެ.
އެގައުމުގެ ރޯޑް ޓްރާންސްޕޯޓް އަދި ބްރިޖް މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވަމުންގެންދަވާ ޤާދަރު މިކަން އިއުލާނު ކުރެއްވީ ރޮހިންގާ މުސްލިމުންގެ ކޭމްޕްތަކަށް ޒިޔާރަތް ކުރުމަށްފަހުގަ އެވެ.
ރޮހިންގާ ދަރިކޮޅުގެ މުސްލިމުން ބަންގްލަދޭޝް އަށް ހިޖުރަކުރަން ފެށީ، މިޔަންމާ ސަރުކާރުން، ރާހިން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޮހިންގާ ދަރިކޮޅުގެ މުސްލިމުން މަރަން ފެށުމުންނެވެ. އޯގަސްޓް 25 އިން ފެށިގެން މިހާތަނަށް ރޮހިންގާގެ ފަސް ލައްކައަށްވުރެ ގިނަ މުސްލިމުން ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާއިރު އޯގަސްޓް 25ގެ ކުރީންވެސް ރޮހިންގާގެ ދެ ލައްކައަށްވުރ ގިނަ މުސްލިމުން ބަންގްލަދޭޝް އަށް ހިޖުރަ ކޮށްފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ