ބީއެމްއެލްގެ އާ ޗެއާޕާސަން ކަމަށް ސައީދާ އުމަރު ހަމަޖައްސަވައިފި

ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަން އަކަށް ސައީދާ އުމަރު ހަމަޖައްސަވައިފި އެވެ.
އިއްޔެ ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއްގައި ސައީދާ ވަނީ މިމަގާމަށް ހަމަޖައްސަވާފައެވެ.
ސައީދާ އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގެ ޕޮލިސީ ކޮންސަލްޓެންޓް އަދި ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް ވޯކިންގ ގްރޫޕްގެ ކޯ ޗެއާޕާސަން އެވެ.
މީގެ އިތުރުން ސައީދާއަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިކޮނޮމިކް އެމްޕަވާމެންޓް އޮފް ވިމެން ކައުންސިލްގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ