ބިލެތްފައްސަށް ވަގުތީގޮތުން ކަރަންޓް ދީފި

ށ.ބިލެތްފައްސަށް ވަގުތީ ގޮތުން ކަރަންޓްގެ  ޚިދުމަތް އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ދީފައިވާ  ކަމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެ އެވެ.
އެރަށު ކައުންސިލްގެ ރައީސް ޒިޔާދު ވިދާޅުވީ، ކަރަންޓްދީފައި ވަނީ އާދިއްތަ ދުވަހުގެ ރޭގެ، 12:18 ހާއިރު ކަމަށެވެ. އެގޮތުން އެރަށު ގޭގެއާއި ސަރުކާރު އޮފީސްތަކަށް ވެސް ކަރަންޓް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކަރަންޓްދިން ފަހުން އެއްވެސް މައްސަލައެއް ކުރިމަތިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލެތްފަހިން ކަރަންޓް ދިނުމަށް އެ އަތޮޅު ފޭދޫއިން ޖަނަރޭޓަރެއް ގެނެސްފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު 05:30 ހާއިރެވެ. ބިލެތްފަހި އިންޖީނުގޭގައި ރޯވެ އަނދާ ހުލިވެފައިވަނީ ހޮނިހިރު ދުވަހުގެ ދަންވަރު އެވެ. މި ހާދިސާ ހިނގަން މެދުވެރިވީ 112 ކިލޯވޮޓްގެ ޖަނަރޭޓަރުގެ ޓާބޯގައި އަލިފާން ރޯވުމާއި ގުޅިގެންނެވެ.
ބިލެތްފައްސަކީ 700 މީހުންގެ އާބާދީގެ ރަށެކެވެ. އަދި ކަރަންޓްގެ މައްސަލައާ ގުޅިގެން އެރަށު ސްކޫލު ވެސް ވަނީ އާދިއްތަ ދުވަހު ބަންދު ކޮށްފަ އެވެ. އެހެން ނަމަވެސް ވަގުތީ ގޮތުން ގެނެވުނު އިންޖީނާ އެކު މިހާރު ހުރިހާ މުއައްސަސާއަކަށް ވަނީ ކަރަންޓްގެ ޚިދުމަތް ދޭން ފަށާފަ އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ