އުދަ އަރާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި

އުދަ އަރާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މިއަދު ހަވީރު މާލެއަށް އުދަ އަރާފައި ވަނިކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިރޭ 22:00 އިން ފެށިގެން މިރޭ 02:30 އާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.
އުދަ އަރާނެ ކަމަށް ލަފާކޮށްފައި ވަނީ މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ.
މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދުތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ މިރޭ 12:00 އާއި 12:45 އާއި ދެމެދުގެ ވަގުތެއްގައެވެ.
އުދަ އެރުމުގެ އިތުރުން ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއިިއެކު ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ