ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އުދައަރާނެކަމަށް ލަފާކޮށްފައިވަނީ މާލެ އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ދެމެދުގެ ސަރަޙައްދަށެވެ. ހުދު ސަމާލު ނެރެފައިވަނީ މިރޭ 10:00 އިން ދަންވަރު 02:30 އަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށްއޮތް 12 ގަޑިއިރު ވައި ހުންނާނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުންނެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކުރައްވާފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ، މިގަޑިތަކުގައި ރާޅުތަކުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓު ދެމެދުގައިކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް ވަނީ މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާފައެވެ.
އުދަ އަރާ ގަޑިތަކުގައި މުދަލަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ