61 ވަނަ މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފިއެވެ.
ޖުމްހޫރީ މައިދާން ސަރަހައްދުގަ ކުރިއަށްގެންދިޔަ މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޢަމީރު، ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދުއެވެ. ޖުމްހޫރީ މައިދާނަށް އެމަނިކުފާނު ވަޑައިގަތުމުން މަރުހަބާ ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނަބަލުންނެވެ.
މިހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ދައުލަތުގެ އިސްވެރިން ވަޑައިގެންނެވިއެވެ. އަދި މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ޚާރިޖީ ވަޒީރު ދެއްވި ދަޢުވަތަކަށް ވަޑައިގެންނެވި، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާންވެސް މި ހަރަކާތްތައް ބައްލަވައިލެއްވިއެވެ.
މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ފެށުނީ، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ރިޔާސީ ކުރުނީހުންނެވެ. އަދި ޤައުމީ ސަލާމަށްފަހު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ ހިނގާލުމާއި، ޤައުމީ ކެޑޭޓްކޯގެ ޕްރޭޑް ހަރަކާތްވަނީ ކުރިއަށްގެންގޮސްފައެވެ. ޖުމްހޫރީ މައިދާނުން ފެށި އަސްކަރީ ހިންގާލުމާއި، ޕެރޭޑް މާލޭގެ ބޮޑެތި ބައެއް މަގުތަކުގައިވަނީ ކުރިއަށްގެންގޮސްފައެވެ.
މީގެއިތުރުން މާލެ ސަރަހައްދުގެ 3 ސްކޫލެއްގެ 400 އަށްވުރެ ގިނަ ދަރިވަރުންގެ ތަފާތު ހުށައެޅުންތައްވެސް ވަނީ ފެނިގެންގޮސްފައެވެ. އަދި ސަޤާފީ އައިޓަމްތައްވެސް ކުރިއަށް ދިޔައެވެ. މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ ފާހަގަކޮށްލެވޭ މަޝްހޫރު ބައެއް ނަޝާ ގްރޫޕުތަކުގެ ހުށަހެޅުންތަކާއި، ބޮޑުބެރު ގްރޫޕުތަކުގެ ހުށަހެޅުންތައްވެސް ފެނިގެން ގޮސްފައިވެއެވެ. އަދި ޤައުމީ ދިފާޢީ ބާރުން މިނިވަން ދުވަހަށް ޚާއްސަ ހަރަކާތެއްވަނީ ކުރިއަށްގެންގޮސްފައެވެ.
ރާއްޖޭގެ މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުން އަލުން އަނބުރާ ދިވެހިންނަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މިފަހަރު މި ފާހަގަކުރަނީ ރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހެވެ.
މިނިވަން ދުވަހުގެ ހެވިކަމުގެ ކުޅިވަރުތައް ނިންމާލާފައިވަނީ ހަވާއެރުވުމުގެ ހަރަކާތާއެކުގައިއެވެ. ރައީސުލްޖުމްހޫރިއްޔާ ހަވާގެ ހަރަކާތްތައް ބައްލަވާލެއްވީ ސްކޫލްތަކުގެ ދަރިވަރުންނާއެކުއެވެ.
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ