މައުމޫން ލަންކާގެ ރައީސް އާއި ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ސްރީލަންކާގެ ރައީސް މަތިރިޕައްލަ ސިރިސޭނަ އާއި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހް އާއި ބައްދަލުކުރައްވައިފިއެވެ.
ރައީސް މައުމޫންގެ އޮފީހުން ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ލަންކާގެ ޕާލަމެންޓް ކޮމްޕްލެކްސްގައެވެ.
މިބައްދަލުވުމުގައި ތިންބޭފުޅުން ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ބެހޭ ގޮތުން ވަރަށް އެކުވެރި މާހައުލެއްގައި މަޝްވަރާ ކުރައްވާފައި ކަމަށް ރައީސް މައުމޫންގެ އޮފީހުން ބުނެއެވެ.
ލަންކާގައި އަންނަ އަހަރު ބާއްވަން ގަސްދުކުރާ އިސްލާމް އެންޑް ޑިމޮކްރަސީ އިން ސައުތު އޭޝިއާ ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައި، އެ ޖަލްސާ އިންތިޒާމްކުރާ ކޮމިޓީގައި ބައިވެރިވެވަޑައިގަތުމަށް މައުމޫނަށް ބޮޑުވަޒީރު ރަނިލް ދަޢުވަތު ދެއްވި ކަމަށް ރައީސް މައުމޫންގެ އޮފީހުން ބުނެއެވެ. އެއޮފީހުން ބުނީ ރަނިލްގެ ދައުވަތު ރައީސް މައުމޫން ވަނީ އުފަލާއެކު ގަބޫލުފުޅު ކުރައްވާފައި ކަމަށެވެ.
ރާއްޖެ އާއި ލަންކާގެ ގުޅުމާއި ބެހޭ ގޮތުން ރައީސް މައުމޫން ލަންކާގެ ރައީސް އާއި ބޮޑުވަޒީރާއި ބައްދަލުކުރެއްްވިއިރު ފަހަކަށް އައިސް ރާއްޖެ އާއި ލަންކާ އާއި ދެމެދު ވަނީ ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ