ރައީސް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމައިފި އެވެ.ދޮޅު މަހެއްހާ ދުވަސް ފަހުން އެ މަނިކުފާނު ބާއްވަވާ މީޑިއާ ބްރީފިން އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރު ރައީސް އޮފީހުގަ އެވެ.ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ހުރި ގައުމީ މުހިއްމު މައްސަލަތަކުގައި ވާހަކަދައްކަވާނެ ކަމަށް ބެލެވެ އެވެ.ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައި މިވަނީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ދެބައިވެ އެ ޕާޓީ ތެރޭގައި ބޮޑެތި ކޯޅުންތައް ހިނގަމުންދާ ވަގުތެއްގަ އެވެ. އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ގޭގައި ބަހައްޓަވާފައިވާ ވަގުތެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ