ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ ނަމުގައި އާ ސުލޫކީ ކޮމެޓީއެއް އެކުލަވާލައިފިއެވެ.
އެގޮތަށް ރައީސް މައުމޫން ނިންމަވާފައިވަނީ، އެމަނިކުފާނުގެ ފެކްޝަނުން މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގައެވެ.
ޕީޕީއެމް އަކީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން މިވަގުތު ކުރިޔަށް ގެންދަވާ ޕާޓީއެއް ނަމަވެސް ރައީސް މައުމޫންވެސް ދަނީ އެ ޕާޓީގެ މިލްކުވެރިކަން ކަށަވަރުކުރެއްވުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގަވަމުންނެވެ.
އެގޮތުން މިއަދު ރައީސް މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ސުލޫކީ ކޮމެޓީ ސަސްޕެންޑްކޮށް އަމިއްލައަމިއްލައަށް ކޮމެޓީއެއް ހަދާފައިވާއިރު ޕީޕީއެމްގެ އަސްލު ސުލޫކީ ކޮމެޓީއަކީ އެޕާޓީގެ ޤައުމީ މަޖިލީހުން އެކުލަވާލާފައިވާ ކޮމެޓީއެކެވެ.
މައުމޫން ފެކްޝަނުން އާ ސުލޫކީ ކޮމެޓީއެއް އެކުލަވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ