15 މިލިއަން ރުފިޔާގެ ކަރަންޓު ކޭބަލް ރަށްރަށަށް ފޮނުވައިފި

ކަރަންޓުގެ މައްސަލަ ހައްލުކުރަން ފެނަކަ ކޯޕަރޭޝަނުން ގެނައި 15 މިލިއަން ރުފިޔާގެ ކޭބަލް އެކި ރަށްރަށަށް ފޮނުވަން ފަށައިފި އެވެ.
މި ކޭބަލްތައް ރަށްރަށަށް ފޮނުވަން ފެށުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނިމާލު މިއަދު ވިދާޅުވީ ބިޑްކޮށްގެން ސްރީލަންކާ އިން ކޭބަލްތައް ގެނައީ ޑިސްޓްރިބިއުޝަން ނެޓްވޯކް ރަނގަޅު ކުރުމަށް ކަމަށެވެ.
" ފުރަތަމަ ކޭބަލްތައް މި ފޮނުވާލަނީ ހދ ކުޅުދުއްފުއްޓާއި ގދ ތިނަދޫ އަށް. މި ދެ ރަށުން އެހެން ރަށްތަކަށް ކޭބަލް ފޮނުވަން ފަށާނީ. ވަރަށް ގިނަރަށްރަށަށް މި ކޭބަލްތައް ފޯރުކޮށް ދެވޭނެ." ނިމާލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޭބަލްތަކާ އެކު ޑިސްޓްރިބިއުޝަން ފޮށިތައް ވެސް ލިބިފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ފޮށިތައް ވެސް ފޮނުވަން ފެށޭނެ ކަމަށެވެ.
"ވަރަށް އަވަހަށް އެ ފޮށިތައް ވެސް ފޮނުވަން ފެށޭނެ." ނިމާޅް ވިދާޅުވިއެވެ.
މީގެ އިތުރުން ރަށްރަށުގެ ކަރަންޓް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން 76 ޖަނަރޭޓު ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ނިމާލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ