ބައެއް މީހުންނަށް ދަނޑަށް ނުވަދެވުމުން އުމަރު މައާފަށް އެދިވަޑައިގެންފި

މިނިވަން 50ގެ "ހެވިކަމާ ކުޅިވަރު" ބަލާލުމަށް ދައުވަތު އެރުވިގެން ގަލޮޅު ދަނޑަށް ވަނުމަށް ދިޔަ ބައެއް މީހުންނަށް ދަނޑަށް ނުވަދެވުމުން ހޯމް މިނިސްޓަރު އުމަރު ނަސީރު މައާފަށް އެދިވަޑައިގެންފި އެވެ.
އުމަރު މިކަމަށް މައާފަށް އެދިވަޑައިގެންފައި މިވަނީ ދައުވަތު އެރުވިގެން ކުޅިވަރުތައް ބަލާލަން ދިޔަ ބައެއް މީހުންނަށް ދަނޑަށް ނުވަދެވި ދަނޑު ބޭރުގައި ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ ފުލުހުންނާ ދެމެދު ޒުވާބުތަކެއް ހިނގާ ހިތްހަމަޖެހުން ފާޅުކޮށްފައިވަނިކޮށެވެ.
އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަނޑު އޮތީ ފުރިފައި ކަމަށާ ދަނޑުގައި އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އެހެންކަމުން ދަނޑަށް ނުވަދެވުނު މީހުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު މި ޓްވީޓު ކުރެއްވީ ދަނޑުގައި އިންނަވައިގެންނެވެ.
ހެވިކަމުގެ ކުޅިވަރުތައް ބަލާލުމަށް މިރޭ 8:00 ޖަހާ އެހާއިރުން ފެށިގެން މީހުން ދިޔައީ ކިޔު ޖެހެމުންނެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި ދަނޑުގައި ހިނގަމުންދާ ކުޅިވަރުތައް ބަލާލުމަށް 8،000 މީހުންނަށް ދައުވަތު ދެއްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ