ބިލެއްދޫ އާއި މާބާއިދޫ އަދި މުލަކު ދާއިރާގެ ގޮނޑިވެސް ޕީޕީއެމަށް

ފ. ބިލެއްދޫ ކައުންސިލާއި، ލ. މާބައިދޫ އަދި މ. މުލަކު ދާއިރާއިން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި، މިއަދު ބޭއްވި ބައި އިލެކްޝަން ތަކުގައި ހުރިހާ ގޮނޑިއެއް ޕީޕީއެމުން ކާމިޔާބު ކޮށްފި އެވެ.
އެގޮތުން ފ. ބިލެއްދޫ ދާއިރާގެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރީ 398 ވޯޓް ހޯދައިގެނެވެ. އެ ގޮނޑިއަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 343 ވޯޓެވެ.
މައިބާދޫ ކައުންސިލްގެ ގޮނޑިއަށް ކުރިމަތިލި ޕީޕީއެމްގެ ކެންޑިޑޭޓް ހަސަން އާދިލް ގޮނޑި ކާމިޔާބު ކުރެއީ ލިބިފައިވަނީ 198 ވޯޓުންނެވެ. އެދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަބްދުﷲ ރަޝީދަށް ލިބިފައިވަނީ 167 ވޯޓެވެ.
މުލަކު ދާއިރާއިން ޕީޕީއެމްގެ މ. އަތޮޅު ކައުންސިލް، މުލަކު ދާއިރާގެ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަލީ އިބްރާހިމަށް 677 ވޯޓް ލިބުނު އިރު ޑީއާރްޕީގެ ކެންޑިޑޭޓް އާދަމް ހަސަނަށް 187 ވޯޓެވެ.އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ލަތީފަށް 478 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ