ކުރިޔަށް އޮތް ތިން ދުވަހަށްވެސް މޫސުން ގޯސްވާނޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓްރޮލޮޖިކަލް ސެންޓަރ އިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތުދިން ގޮތުގައި މި ކޮޅިގަނޑަކީ ރާއްޖޭގެ އިރުން، ސްރީލަންކަގެ ދެކުނުގެ ސަރަހައްދުގައި މިއަދު ކޮޅިގަނޑެއް އުފެދިފައިވާކަމުގައެވެ.
އަދި މި ކޮޅިގަނޑު މިހާރު ހުޅަނގަށް ޖެހެމުންދާނޭ ކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ހާމަ ކުރެއެވެ.
މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ކުރިޔަށް އޮތް 48 ގަޑިއިރުތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް އޮތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭ ކަމަށް ލަފާކުރެވޭކަމުގައެވެ.
އަދި ވައިގަދަވެ ކަނޑުތަށް ގަދަވާނޭ ކަމަށްވެސް ލަފާކުރެވޭ ކަމަށް މޫސުމާ ގައުމީ އިދާރާއިން ހާމަކުރެއެވެ.
އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމަލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.
ކުރިޔަށް އޮތް ތިން ދުވަހަށްވެސް މޫސުން ގޯސްވާނެ - މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ