1 ޑިސެމްބަރ 2012 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ތަރުތީބުކުރުމުގެ ގުރުއަތު ނަގައި، ނަންތައް ތަރުތީބު ކުރެވިފައިވާ ގޮތް އިލެކްޝަންސް ކޮމިޝަނުން މިއަދު އިޢުލާނުކޮށްފިއެވެ.
އުނގޫފާރު ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑި ތަމްސީލްކުރެއްވި ދީނީ އިލްމުވެރިޔާ ޑރ. އަފްެރާޝީމް އަލީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި ކެންޑިޑޭޓް ނަމްބަރު 1 ލިބިފައި ވަނީ އަމިއްލަ ގޮތުން ކުރިމަތިލެއްވި މއ. ތިބްރޯޒް، ނާޖިހު ޖިނާހު އަށެވެ. ކެންޑިޑޭޓް ނަމްބަރު 2 ޕީޕީއެމުން ވާދަކުރެއްވި އަފްރާޝީމްގެ ކޮއްކޮ އިބްރާހީމް އަމީން ލިބިފައިވާއިރު ކެންޑިޑޭޓް 3 އަކީ އެމްޑީޕީން ކުރިމަތިލެއްވި ޑރ. އަހުމަދު އަޝްރަފެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އިލެކްޝަނުން ބުނީ އުނގޫފާރު ދާއިރާގެ ކައުންސިލްތަކުގެ އިތުރުން އެ ކޮމިޝަނަށް ވެސް އިންތިހާބާ ބެހޭ ޝަކުވާތައް ހުށަހެޅޭނެ ކަމަށެވެ.
އުނގޫފާރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ތަރުތީބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ