ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދެންނެވުމަށްޓަކައި ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން ރާއްޖެ ޖަމާވާން ފަށައިފި އެވެ.
މިއަދުގެ 14:20 ގައި ކުރީގެ ރައީސް ނަޝީދު އިންނަވާ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ލޭންޑްކުރަން ހަމަޖެހިފައިވާއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ކޯލިޝަންގައި އޮތް އެންމެ ބޮޑު އެއް ޕާޓީކަމަށްވާ އެމްޑީޕީއިން ވަނި ކުލަގަދަ ހަރަކާތްތަކެއް ރާވާފައެވެ. އެގޮތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ކަނޑުމަތިންނާއި އަދި މާލޭގެ ބޮޑެތި މަގުތަކުގައި ވެސް އޮންނާނެކަމަށް އެމްޑިޕީއިން ބުނެއެވެ.
ރައީސް ނަޝީދު މިހާރު ހުންނެވީ ރާއްޖެއަށް ފުރާވަޑައިގަތުމަށްޓަކައި ސްރީލަންކާގެ ކޮޅުނބުގައި ހުންނަ ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއާޕޯޓުގަ އެވެ. އަދި އެމަނިކުފާނާއިއެކު އަނބިކަބަލުން ލައިލާ އަލީވެސް ރާއްޖެ ވަޑައިގަތުމަށްޓަކައި މިހާރުވަނީ ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގެންފަ އެވެ.
މިއަދުގެ 6:00 ގައި ކުރީގެ ރައީސް ނަޝީދު ދެއްވާ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެއެވެ.
ވައިގެ މަގުންނާއި އަދި ކަނޑުމަގުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެތައް ހާސް ބަޔަކު ވަނީ ކުރީގެ ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށްޓަކައި މާލެ އައިސްފައެވެ. އޭގެތެރޭގައި އައްޑޫ އާއި އަދިވެސް ގިނަ އަތޮޅުތަކަކުން ވަނީ ރީދޫ ދިދަފަތި ދަމައިގެން ދޯނިތަކުގައި ގިނަ ބަޔަކު މަލެ އައުމަށް ފުރާފައެވެ.
ނަޝީދަށް މަރުހަބާ ކިޔުމަށް އެކި ކަންކޮޅުތަކުން ރައްޔިތުން މާލެ ޖަމާވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ