އިންތިޤާލީ މަރުޙަލާ ފެށިފައިވާއިރު ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކަށް އާދައާ ޚިލާފަށް މުވައްޒިފުން ވެއްދުމާއި ޕްރަމޯޝަން ދިނުމާއި ޕްރޮޖެކްޓްތައް އެވޯޑް ކުރުމާއި ޒަކާތު ފަންޑުން ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރުން ފަދަ ކަންކަން ހިންގަމުން އެބަ ދާ ކަމަށް އަދާލަތު ޕާޓީގެ ނައިބްރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ޢަލީ ޒާހިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަވަހަށް ބާއްވައި މިގޮތަށް ކުރަމުން ގެންދާ ކަންކަން ހުއްޓުވަން ޖެހޭ ކަމަށެވެ.
ޢަލީ ޒާހިރު މިމޭރުމުން ވިދާޅުވެފައިވާއިރު އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ގެންދަވަނީ މިފަދަ ކަންކަން ހިންގަމުން ގެންދާކަމުގެ މައުލޫމާތު ކޮންމެ ދުވަހަކުވެސް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.
ބައެއް ފަރާތްތަކުން ވިދާޅުވަމުން ގެންދަވަނީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުން ލަސްކުރަމުން ގެންދަނީ އިތުރު ވަގުތުދީގެން މިފަދަ ކަންކަން ކުރުމުގެ ފުރުޞަތު ސަރުކާރަށް ފަހިކޮށްދޭން ކަމަށެވެ.
"އިންތިޤާލީ މަރުޙަލާގަ ދައުލަތުގެ ވުޒާރާތަކާ ކުންފުނިތަކުން އާދައާ ޚިލާފަށް މިވައްޒިފުން ވެއްދުމާ ޕްރަމޯޝަން ދިނުމާ ޕްރޮޖެކްޓްތައް އެވޯޑް ކުރުމާ ޒަކާތު ފަންޑުން ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރުން ފަދަ ކަންކަން ހިންގަމުން އެބަ ދޭ. ރައްޔިތުންގެ މަޖިލިސް އަވަހަށް ބޭއްވި މިކަން ހުއްޓުވަން ޖެހޭ."
ޒަކާތު ފަންޑުން ބޮޑެތި އަދަދުތަކުން އެބަ ފައިސާ ދޫކުރޭ: ޢަލީ ޒާހިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ