އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ދެ އޮފިސަރަކާ ސުވާލުކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ގާނޫނު އަސާސީއާ ހިލާފަށް ސިފައިން އޭނާ ހައްޔަރުކޮށް ގިރިފުށީގައި ބެހެއްޓި މައްސަލާގައި ކުރީގެ ޗީފް އޮފް ޑިފެންސް ރިޓަޔާޑް މޭޖޭ ޖެނެރަލް މޫސާ އަލީ ޖަލީލާއި މާލެ އޭރިއާ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އިބްރާހިމްދީދީއާ ފުލުހުން ސުވާލުކޮށްފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އޭގެ އިތުރަށް ވެސް އެ މައްސަލައާ ގުޅުން ހުރި ސިފައިންގެ ބައެއް އޮފިސަރުންނާ ފުލުހުން އަންނަނީ ސުވާލުކުރަމުންނެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ސިފައިން އަބްދުﷲ ގާޒީ ހައްޔަރު ކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ، ސުޕްރީމް ކޯޓުންނާއި ހައިކޯޓުން ނެރުނު އަމުރަށް ކުރީގެ ސަރުކާރުން ވަނީ ބޯނުލަނބައި ބޮލާލައި ޖަހައިފަ އެވެ.
އަބްދުﷲ ގާޒީ މިނިވަން ކުރީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު، އެ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ