ހުޅުމާލޭގަައި ކާރެއް ކޮންޓްރޯލުން ނެއްޓި ފިހާރައެއްގެ ބިއްލޫރިގަނޑަށް އަރައިފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގުގައި ކަމަށެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ އެ މަގުން ދުއްވާފައިދިޔަ ކާރެއް، ކުރިމަތިން އައި ކާރަކުން ނައްޓައި ދާން އުޅުމުގެ ތެރޭގައި ކޮންޓްރޯލު ނުވެ ސައިކެއްގަައި ޖެހި އެކްސިޑެންޓްވެ ފިހާރައެއްގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން ކާރުގައި ތިބި އުމުރުން 29 އަހަރާއި 26 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ލަންޑަންގައި ރާއްޖެ ޕްރޮމޯޓްކުރަން ޓެކްސީ ކެމްޕޭނެއް ފަށައިފި ރާއްޖެ، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އެންމެ ކުރިއަރާފައިވާ މަންޒިލެއްގެ ގޮތުގައި އިސްތިހާރުކުރަނީ! އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރާއްޖެއިން ގޮވާލައިފި ރާއްޖޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ