ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު އިންޑިއާ މީހަކު ހޯދަނީ

ކާބޯ ބޯޓަކުން ކަނޑަށް ވެއްޓުނު އިންޑިއާ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފުން ބުނީ އެ މީހާ ވެއްޓުނީ ވިލިމާލެއާ ދިމާ ބޭރުގައި އޮތް  "އެމްއެސްވީ ޑައުލާ" ކިޔާ އިންޑިއާގެ ކާގޯ ބޯޓަކުން ކަމަށެވެ.
ތަފްސީލް - އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 23:35ގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އަންނަނީ ކުރަމުން
އެ މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ކުރި މަސައްކަތުން އެ މީހާ އަދި ފެނިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ